ރައީސް ޑޮނަލްޑް ޓްރަމްޕަކީ ސިޔާސީ މައިދާނުގައި ލަދުވެތިކަމެއް ނެތި ކަންކަމާ ކުރިމަތިލެއްވުމުގެ ހާއްސަ ހުނަރެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ގޮތުގައި ޒަމާނުއްސުރެ އޮތީ މަޝްހޫރުވެފައެވެ.
އެހެން ސިޔާސީ ލީޑަރެއްގެ ކެރިއަރު އެއްކޮށް ބަލިކަށިކޮށްލާނެ ފަދަ ބޮޑެތި މައްސަލަތަކާއި، ހިޔާލުތަފާތުވުންތަކާއި، އާންމުކޮށް ހެދޭ ގޯސްތަކުން ޓްރަމްޕަށް މާ ބޮޑު އަސަރެއް ކުރާތަނެއް ކުރިއަކުން ނުފެނެއެވެ. އޭނާ ކުރައްވާ ކަމަކީ ތުހުމަތުތައް ދޮގުކުރެއްވުމާއި، ފާޑުކިޔާ ފަރާތްތަކަށް ހަމަލާދެއްވުމަށްފަހު، ސަޕޯޓަރުންގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު ކުރިއަށް ވަޑައިގަތުމެވެ، ނަމަވެސް، މިހާރު މި ހާލަތު ބަދަލުވަމުންދާ ކަމަށް ފެނެއެވެ.
އުމުރުން 80 އަހަރުވެފައިވާ ޓްރަމްޕްގެ މަގުބޫލުކަން ދަށްވަމުންދިއުމާއި، ކުރިއަށް އޮތް މިޑްޓާމް އިންތިހާބާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވަމުންދާތީ، އާންމުންގެ ކުރިމަތީގައި ލަދުވެތިވާ ފަދަ ކަންކަމާ މެދު އޭނާ މިހާރު ކުރިއަށްވުރެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ފެނެއެވެ. އަދި އެފަދަ ލަދުވެތި ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅު އެޅުއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.
ލިންކަން މެމޯރިއަލް ރިފްލެކްޓިން ޕޫލް އަދި ޓްރަމްޕްގެ އާ އެއާ ފޯސް ވަންއާ ގުޅިގެން ފަހަކަށް އައިސް ފެންމަތިވި މައް
ސަލަތަކުން މިކަން ވަރަށް ސާފުކޮށް ފެނިގެންދެއެވެ.
އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް އަވަސްއަރުވާލައިގެން ކުރިއަށް ގެންދިޔަ ރިފްލެކްޓިން ޕޫލް މަރާމާތުކުރުމުގެ މަޝްރޫއަކީ، ފެނުގައި ފެހި ޖެހި އަދި މިލިއަނުން ޑޮލަރު އިސްރާފުވި ކަމަށް ބުނެ އާންމުންގެ ބޮޑު ލަދުވެތިކަމަކަށް ވެގެންދިޔަ ކަމެކެވެ. ޓްރަމްޕް މިކަމުގެ އިލްޒާމު އެޅުއްވީ ބަޔަކު ގަސްދުގައި ގެއްލުން ދިނީ ކަމަށް ބުނެއެވެ. މިކަމާ ގުޅިގެން އޮލިމްޕިކް ކެނޯއިސްޓް ޑޭވިޑް ހާން އަދި އެހެން ބައެއް މީހުން ވެސް ހައްޔަރުކުރެވުނެވެ.
ނަމަވެސް ފަހުން ޕްރޮސެކިއުޓަރުން ނިންމެވީ އެ ގެއްލުމަކީ ގަސްދުގައި ދިން ގެއްލުމަކަށް ވުރެ ބޮޑަށް، މަސައްކަތް ފުރިހަމައަށް ނުކުރެވުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަތައް އަނބުރާ ގެންދިޔައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވަރަށް ބޮޑަށް ރުޅިގަދަވެވަޑައިގެން، އޭނާގެ ގާތް އެކުވެރިއެއް އަދި އެމެރިކާގެ އެޓާނީ ޖީނިން ޕީރޯ، ދައުވާ ދޫކޮށްލެއްވުމުން އޭނާއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މިފަދަ ދެވަނަ ހާދިސާއެއް ހިނގައިދިޔައީ އެއާ ފޯސް ވަން މަތިންދާބޯޓާ ގުޅިގެންނެވެ. ގަތަރުން ލިބުނު އަގުބޮޑު މަތިންދާބޯޓެއް ބަލައިގަތުމަށްފަހު، ރައީސްގެ ބޭނުމަށް އެ ބޯޓު އަވަހަށް ބަދަލުކުރުމަށް ޓްރަމްޕް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ނަމަވެސް، ހަނގުރާމައިގެ ސަރަހައްދުތަކާ ކައިރީގައި އެ ބޯޓު ދަތުރުކުރުމުގެ ގާބިލުކަމާއި ސަލާމަތީ މައްސަލަތަކެއް ހުރިކަން ފަހުން ރިޕޯޓްތަކުން ހާމަވިއެވެ.
ސަރުކާރުން މިކަމަށް އިޖާބަދިނީ ސަލާމަތީ އުނިކަންކަމުގެ މައުލޫމާތު ހާމަކުރި ނޫސްވެރިންގެ މައްސަލަ ތަހުގީގުކޮށްގެންނެވެ. ކޯޓު އަމުރުތައް ނެރުނު ނަމަވެސް، ގާނޫނީ ގޮތުން ބެލުމަށްފަހު ފަހުން އެ އަމުރުތައް ވަނީ ބާތިލުކޮށްފައެވެ.
މި ދެ މައްސަލައިގެ ފަހަތުގައި އޮތީ މިއަށްވުރެ ބޮޑު މައްސަލައެކެވެ. އެއީ އީރާނުގެ މައްސަލައެވެ. ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް ޓްރަމްޕް އުއްމީދުކުރެއްވި އީރާނާއެކު ކުރެވޭ ހަނގުރާމަ މިހާރު ވަނީ އެތައް މަހަކަށް ދެމިގެން ގޮސްފައެވެ. ކުރިއެރުން ލިބެމުންދާ ކަމަށާއި، މަޝްވަރާތައް ފެށިދާނެ ކަމަށް އަދި ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ތަކުރާރުކޮށް ވާހަކަދެއްކެވި ނަމަވެސް، އީރާނުން ދަނީ އޭނާގެ ވާހަކަތައް ތަކުރާރުކޮށް ދޮގުކުރަމުންނެވެ.
ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އަދިވެސް ހަމަލާތައް އަމާޒުވަމުންދާއިރު، ތެހެރާނުން ދަނީ ޓްރަމްޕްގެ އިންޒާރުތަކަށް ގޮންޖަހަމުންނެވެ.
ސިޔާސީ ގޮތުން އަބަދުވެސް ބާރުގަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވަން ބޭނުންފުޅުވާ ރައީސަކަށް، މި ހާލަތަކީ އިންތިހާއަށް އަގުވެއްޓި، ލަދުވެތިވާންޖެހޭ ހާލަތެކެވެ.
ޓްރަމްޕްގެ ކުރިމަތީގައި މިހާރު އޮތީ އުނދަގޫ ނިންމުންތަކެކެވެ. އެއީ މަޝްވަރާގެ މަގު އިހުތިޔާރުކުރެއްވުން، ހަނގުރާމައިން ފަހަތަށް ޖެހިވަޑައިގަތުން، ނުވަތަ އަސްކަރީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކުރެއްވުމެވެ.
ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމަކީ، ލަދުވެތިކަމާއި ނާކާމިޔާބީ އަމިއްލަ ނަފްސަށް އަމާޒުވާ ހަމަލާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ވެރިއަކު، މިފަދަ ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން އަމަލުކުރައްވާނެ ގޮތަކާ މެދުގައެވެ.
އެތައް އަހަރެއް ވަންދެން ޓްރަމްޕްގެ އެންމެ ބޮޑު ސިޔާސީ ބާރަކީ ލަދުވެތިކަމެއް އިހުސާސް ނުކުރެއްވުމެވެ. އެހެންނަމަވެސް، މިހާރު އެކަން ބަދަލުވަމުންދާ ކަމަށް ބެލެވެއެވެ. އަދި މިއަދު އުފެދޭ ސުވާލަކީ ޓްރަމްޕް ލަދުވެތި ހާލަތަކަށް ވެއްޓިދާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އޭގެ ބަދަލުގައި އުފެދޭ ސުވާލަކީ، އެފަދަ ހާލަތެއް ކުރިމަތިވުމުން އޭނާ ދެން ކަންތައް ކުރައްވާނީ ކިހިނެއްބާއެވެ.

ކިޔުންތެރިންގެ ހިޔާލު