އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން "ފާދަރ އޮފް އޯލް ބޮމްބްސް" (ހުރިހާ ބޮމެއްގެ ބައްޕަ) ގެ ނަމުން ނަންދީފައިވާ، ފަނާކުރަނިވި ބާރުގަދަ އައު ހަތިޔާރެއް އާންމުކޮށް ދައްކައިލުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވައި އެ ލަޝްކަރުގެ ތަރުޖަމާނު ޙުސައިން މުޙާބީ ވިދާޅުވީ، ވަރަށް އަވަހަށް މި ހަތިޔާރު ރަސްމީކޮށް ދައްކައިލާނެ ކަމަށެވެ. ނަމަވެސް، މި ހަތިޔާރަކީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް އަދި އޭގެ ގެއްލުންދިނުމުގެ ބާރާ ގުޅޭ އެއްވެސް ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
މީގެއިތުރުން، 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އީރާނުގެ މިސައިލް ސްޓޮކް ނުވަތަ ރައްކާކުރެވިފައިވާ މިސައިލްގެ އަދަދު 50 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށްވެސް މުޙާބީ ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެ ގައުމުގެ މިސައިލްތަކުގެ ވާސިލުވުމުގެ ރާސްތާއާއި، އަމާޒަށް ވާސިލުވުމުގެ ސީދާކަމުގެ އިތުރުން ހަމަލާދިނުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުކުރެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު