ނިއުކްލިއާ ނުރައްކަލުން ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ އީރާނުގެ ސަރުކާރު ވައްޓާލުން ކަމަށް ބުނެ އީރާނުގެ ސަރުކާރު ވައްޓާލަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަސްކަރިއްޔާ އަށް އަމުރުކޮށްފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ގައުމުގެ އަސްކަރިއްޔާ (އައިޑީއެފް) އާއި ޖާސޫސީ އިދާރާ (މޮސާޑު) އަށް އީރާނުގެ ވެރިކަން ވައްޓާލުމަށް އަމުރުކޮށްފައެެވެ.
ސިފައިންގެ އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ބުނީ އީރާނުން ކުރީގެ ހާދިސާތަކުން އިބްރަތް ހާސިލްކޮށްފައި ނުވާ ކަމަށާއި، އަލުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނަތަންޔާހޫ ބުނިގޮތުގައި އީރާނުގެ އާ ރޫހީ ލީޑަރު އަޔަތުއްލާ މުޖުތަބާ ޚާމަނާއީ ގެންދަވަނީ އޭނާގެ ބައްޕާފުޅުގެ މަގުން ވަޑައިގެން ނުރައްކާތެރި ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ.
އަދި އީރާނުން ކުރިމަތިކުރާ ނިއުކްލިއާ ނުރައްކަލުން އެކީއެކަށް ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ އެ ގައުމުގެ ސަރުކާރު ވައްޓާލުން ކަމަށްވާތީ، އެކަން ހާސިލުކުރުމަށް އިސްރާއީލުގެ ސެކިއުރިޓީ ބާރުތަކަށް އިރުޝާދު ދީފައިވާކަމަށް ނަތަންޔާހޫ ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވަނީ، އީރާނުން އިސްރާއީލަށް ހަމަލާއެއް ދީފިނަމަ އީރާން އަނދައި އަޅިއަށް ވެގެންދާނެ ކަމުގެ އިންޒާރު ދީފައެވެ.
އިސްރާއީލުގެ އާންމު އިންތިޚާބު ބޯމަތިވެފައިވަނިކޮށް ނަތަންޔާހޫ ދިން މި ހަރުކަށި އިންޒާރުތަކާއެކު، މެދުއަރާމަތީގެ މަޝްރަހު ވަނީ އިތުރަށް ނުވަތަނަވަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު