ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ބޮޑެތި ފުރުސަތުތައް ފަހިވެފައި ހުރި ނަމަވެސް، މީގެ ކުރިން އޭގެ ބޮޑުބައެއް އޮތީ ބޭނުންނުކުރެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" އާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުން އެއްބާރުލުންދެވޭނެ ވަރުގަދަ ބިންގާތަކެއް ހުރި ނަމަވެސް، އެ ޤާބިލުކަމުގެ ފުރިހަމަ ފައިދާ މީގެ ކުރިން ހޯދިފައިނުވާކަމަށެވެ.
މިގޮތުން ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ބޮޑު މާހައުލެއް އޮތް ނަމަވެސް، މާޒީގައި އެކަންކަން ފުރިހަމައަށް އަމަލީ ސިފައެއްގައި މަސައްކަތް ކުރެވިފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ހުސްކަން ފޫބެއްދުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އިއްޔެ އެއްބަސްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ހުރި މުއްސަނދި ފުރުސަތުތައް ބަލައި ހޯދުމަށާއި، މި އާ ޢަޒުމާއެކު ވިޔަފާރީގެ މާހައުލަށް ނުކުތުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ގޮވާލެއްވިއެވެ.
ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މި މުނާސަބާގައި ބޭއްވި މި ފޯރަމަކީ، މިފަދަ ނުހިފެއްޓި ހުރި ފުރުސަތުތައް ނަގައި، ދެ ޤައުމުގެ ރައްޔިތުންނަށް ފާޅުކަންބޮޑު މަންފާތަކެއް ހޯދައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Delighted to address the Maldives–Pakistan Business Forum today in Islamabad, as our two nations commemorate 60 years of diplomatic relations.
— Dr Mohamed Muizzu (@MMuizzu) October 22, 2026
My sincere gratitude to Prime Minister Shehbaz Sharif (@CMShehbaz) for gracing the Forum and highlighting the key priorities that will… pic.twitter.com/zW6g8b5ZBF
މިގޮތުން ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ބޮޑު މާހައުލެއް އޮތް ނަމަވެސް، މާޒީގައި އެކަންކަން ފުރިހަމައަށް އަމަލީ ސިފައެއްގައި މަސައްކަތް ކުރެވިފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ހުސްކަން ފޫބެއްދުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އިއްޔެ އެއްބަސްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ހުރި މުއްސަނދި ފުރުސަތުތައް ބަލައި ހޯދުމަށާއި، މި އާ ޢަޒުމާއެކު ވިޔަފާރީގެ މާހައުލަށް ނުކުތުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ގޮވާލެއްވިއެވެ.
ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މި މުނާސަބާގައި ބޭއްވި މި ފޯރަމަކީ، މިފަދަ ނުހިފެއްޓި ހުރި ފުރުސަތުތައް ނަގައި، ދެ ޤައުމުގެ ރައްޔިތުންނަށް ފާޅުކަންބޮޑު މަންފާތަކެއް ހޯދައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު