އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމަނިކުފާނުގެ ކެމްޕޭން ޝިއާރު ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.
ޝާހިދު އެމަނިކުފާނުގެ ކެމްޕޭން ޝިއާރަކަށް 'ފުދުންތެރި ދިވެހިރާއްޖެ' އިއުލާންކުރެއްވީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ހާއްސަ ކެމްޕޭން ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ކެމްޕޭންގެ ޝިއާރެއްގެ ގޮތުގައި 'ފުދުންތެރި ދިވެހިރާއްޖެ' އިޚްތިޔާރު ކުރެއްވީ ގައުމާއި ރައްޔިތުން މިހާރު ތިބި ހާލަތުން އަރައިގަތުމަށްޓަކައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން މިހާރު ތިބި ނިކަމެތިކަމާއި ފޫވެއްޓިފައިވާ ހާލަތުން ބަދަލުކޮށް، ރައްޔިތު މީހާގެ ދިރިއުޅުން އުޖާލާކޮށްދިނުމަކީ މި ޝިއާރުގެ އަސާސް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު، ޝާހިދު އަންނަނީ އެކި ރަށްރަށަށް ޒިޔާރަތްކުރައްވައި ސަޕޯޓަރުންނާ ބައްދަލުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު