ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިހާތަނަށް 205 ސިޔާސީ މުވައްޒަފަކު މަޤާމުން ވަކިކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ އަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވީ، މަޤާމުން ވަކިކުރެވުނު މުވައްޒަފުންނަކީ ހަތަރު ދާއިރާއަކަށް ނިސްބަތްވާ ބޭފުޅުން ކަމަށެވެ. އެއީ:
ސްޓޭޓް މިނިސްޓަރުން
ޑެޕިއުޓީ މިނިސްޓަރުން
ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން
ޕޮލިޓިކަލް ޑިރެކްޓަރުން
މީގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާކަމަށެވެ.
މީގެއިތުރުން، ދައުލަތުގެ ކުންފުނިތައް (އެސްއޯއީ) ތަކުގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކުރުމުގެ (ރައިޓްސައިޒް ކުރުމުގެ) މަސައްކަތްވެސް ކުރިއަށްދާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ނިމޭއިރު، މި ސަރުކާރުން ކުންފުނިތަކަށް އަލަށް ނެގި މުވައްޒަފުންގެ އަދަދަށްވުރެ ގިނަ މުވައްޒަފުން މަދުކުރެވިގެންދާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު