މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާއި ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާއި ބެހޭ މައުލޫމާތު، ޓާސްކްފޯހަށް ހިއްސާ ކުރުމަށް އާންމުންގެ ކިބައިން ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ފަރާތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަން ބޭނުންވާ ފަރާތްތަކުން ޓާސްކްފޯހުގެ އޮޕަރޭޝަން ނަންބަރު 9388733 އަށް މެސެޖުކުރުމަށް އެދޭކަމަށެވެ. އަދި އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ދީފައެވެ. އަދި އެފަދަ މައްސަލަތަކުގައި މައުލޫމާތު ދޭ ފަރާތްތަކުން ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާކަށް ވެސް ނުޖެހޭނެ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް