ރާއްޖޭގެ ހަތަރު ރަށެއްގައި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދޫ އަދި ބ. ކިހާދޫގައެވެ.
މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތަފުސީލު:
ހއ. ކެލާ: ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީޒް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުން
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، 8.56 ހެކްޓަރުގެ ބިން ހިއްކުމާއި، 266 މީޓަރުގެ އެއްގަމުތޮށި ލުމާއި، 692 މީޓަރުގެ ހިލަ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 620 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 132 މީޓަރުގެ ގްރޮއިން ޖެހުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓާ ހެދުމާއި، 180 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމާއި، 25 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުން ހިމެނެއެވެ. އަދި 6 މޫރިންގ ބޮއި، 2 ނެރު ބައްތި، 45 މަގު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
ދ. ބަނޑިދޫ: ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްގީކުރުން
ދ. ބަނޑިދޫގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު 3.5 މީޓަރަށް އަދި ނެރު 4 މީޓަރަށް ފުންކުރުމުގެ އިތުރުން، ދިގުމިނުގައި 170 މީޓަރު އަދި ފުޅާމިނުގައި 2 މީޓަރު ހުންނަ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބ. ކިހާދޫ: ގޮނޑުދޮށް ހިމާޔަތްކުރުން
ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 240 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ލުމުގެ އިތުރުން 17,300 ކިއުބިކް މީޓަރުގެ ވެލި އަޅައިގެން ބެކްފިލް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.
ހއ. މުރައިދޫ: ގޮނޑުދޮށް ހިމާޔަތްކުރުން
ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އެ ރަށުގެ 139 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 56 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތެވެ.
މި މަޝްރޫއުތަކަކީ އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކާއި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިތުރުން އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ފަށާ މުހިންމު މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު