ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އާންމުންނަށް ޚިދުމަތްދޭ ކައުންޓަރު ސަރަޙައްދު ޒަމާނީ ފަރުމާއަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.
އެ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ކައުންޓަރުތައް އަލުން ޑިޒައިންކޮށް ތަރައްޤީކުރުމަށް މިދިޔަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ކުރި އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އެ މަސައްކަތުގެ ދާއިރާއަށް (ސްކޯޕަށް) މުހިންމު ބަދަލުތަކެއް ގެނައުމަށްފަހު އަލުން ބީލަމަށް ހުޅުވާލަން ނިންމީއެވެ.
އަލަށް ކުރެވުނު އިޢުލާނުގައިވާ ގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ސެޕްޓެމްބަރ ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ. އަދި މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، 3033265 ނަންބަރު ފޯނަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށްފަހު، ހަމަ އެ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ޑީއެންއާރަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހަމަޖައްސައިދީފައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަންނާނެ ކަމަށްވެސް އެ އިދާރާއިން ބަޔާންކުރެއެވެ.
މި ބަދަލަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން، ދަޢުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޒަމާނީ އަދި ހަލުވި ޚިދުމަތްތަކެއް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑީއެންއާރުގެ ޚިދުމަތްތަކަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން، ޚިދުމަތް ހޯދުމުގައި ޢާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައިވެސް އެ އިދާރާގެ ޚިދުމަތްތައް ވަނީ ޤާއިމުކޮށްފައެވެ.
ހަމައެއާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައާއި ބައެއް ރަށްރަށުގައި އަދި ރާއްޖެއިން ބޭރުން މެލޭޝިޔާއާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކަމާއެކު އައިޑީ ކާޑު ޕްރިންޓްކޮށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މި އިންޤިލާބީ ބަދަލާއެކު، އޮންލައިންކޮށް ކާޑަށް އެދި ހުށަހެޅުމާއި، ދިރިއުޅޭ ސަރަޙައްދަކުން އަވަހަށް ކާޑު ލިބޭނެ މަގު ތަނަވަސްވެ، އާންމުންނަށް ވަނީ ބޮޑު ތަސައްލީއެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު