މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކާމެދު އާންމުން ހޭލުންތެރިކުރަން ރައީސް މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖެއް ރޭ ފަތިހު ނިޔާވުމާއި ހުޅުމާލޭގެ އިމާރާތަކުން ދެ އަހަރުގެ ކުއްޖަކު މިއަދު ވެއްޓި، ނިޔާވި ހިނގި ހާދިސާތަކާއި ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުއްޖަކާއި އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވި ޚަބަރަކީ މުޅި ޤައުމަށްވެސް ނުތަނަވަސްކަމާއި ހިތާމަވެރި އިޙްސާސްތަކެއް ކުރުވި ޚަބަރެއް ކަމަށެވެ. އަދި ނިޔާވި މައުޞޫމް ދެ ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި އެ ދެ މަރުޙޫމުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި އެމަނިކުފާނު ދުޢާކުރެއްވިއެވެ.
އޭގެ އިތުރުން، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމަޢު ގުޅިގެން ކުރަންޖެހޭ ޤައުމީ އަދި އިންސާނީ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގޭގެ ވެރިންނާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކުން ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
އަދި ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމުޢިއްޔާތައް އަދި އެންމެހައި ފަރުދުން ގުޅިގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތްތެރިކަން ޔަޤީންކުރުމަށާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންގޮސްދެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު