ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
"ހިޔާ މަޝްރޫޢު" ގެ ދަށުން ފުލެޓަށް އެދިފައިވާ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ކެޓަގަރީ ނުވަތަ އެޗް 7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށް ނޫސްބަޔާނެއް ނެރެފިއެވެ.

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ކަށަވަރު ކުރުމުގެ މަރުހަލާއެއް ކުރިއަށްގެންދެއެވެ.

އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، މިހާތަނަށް ނުގުޅޭ ފަރާތްތަކުގެ ލިސްޓު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ގެޒެޓް ކޮށްފައެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ބުނެފައިވަނީ، އެ ފަރާތްތަކަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާކަމަށާއި، އެހެންކަމުން އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން މިފެށޭ ނޮވެންބަރު މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެކަން އެކޮމިޓީއަށް އެންގެވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން