ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެއްވާ ހާއްސަ އަހައްމިޔަތުކަން ތިލަމާލޭ ބުރިޖުގެ މަސައްކަތުން ސާފުކޮށް ހާމަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މާލެއާއި ވިލިމާލެ ގުޅުވާލުމަށް ބިނާކުރާ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ސައިޓަށް ވަޑައިގެން ބައްލަވާލެއްވުމަށްފަހު، ބުރިޖުމަތީގައި ކުރިއަށްގެންދިޔަ ހިންގާލުމުގެ ތެރެއިން މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައެވެ.
އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އުމްރާނީ ތަރައްގީއާ ގުޅޭ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ އެ މަޝްރޫއުތަކުގެ ދުވެލި އަވަސްކުރުން ކަން ފާހަގަކުރައްވައި، މިހާތަނަށް ނިންމާލެވިފައިވާ ބައެއް ބޮޑެތި މަޝްރޫއުތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
"އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރިން. އެގޮތަށް ހަމަ ހުއްޓިފައިވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަޝްރޫއުތަކުގެ މަސައްކަތްތައް މިވަނީ ނިންމާލެވިފައި. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތާއި، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައްވެސް އެބަ ހިމެނޭ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ތިލަމާލެ ބުރިޖުގެ މަޝްރޫއާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހަވާލުވިއިރު އެ މަސައްކަތް ހިނގަމުންދިޔައީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށެވެ. ނަމަވެސް، އިންޑިއާ ސަރުކާރާއެކު ކުރެވުނު މަސައްކަތުން މަޝްރޫއުގެ ދުވެލި ވަރަށް ބޮޑަށް އަވަސްކުރެވިފައިވާކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރަށާއި، އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް އަދި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
އަދި މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސްއިން މިހާރުވެސް މަސައްކަތްތައް ހުރަހެއްނެތް ގޮތެއްގައި ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި، ބުރިޖުގެ އޮކްޓޯޕަސް އެއްކޮށް ގުޅާލެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބުރިޖުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި، ތިލަމާލެ ބުރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ މުހިންމު ބިނާއެއް ކަމަށެވެ.

— The President's Office (@presidencymv) August 30, 2026

ކިޔުންތެރިންގެ ހިޔާލު