ރާއްޖެއަށް ޒަރުރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމުގައި ސައްހަކަން ކަށަވަރުކުރާނެ ޚާއްޞަ ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކަސްޓަމްސްއިން ރާއްޖޭގައި ހިންގާ ހަތް ބޭންކަކާއެކު ވެވުނު މި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑައިރެކްޓަރުންނެވެ.
މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރާނެ ހަރުދަނާ ސިސްޓަމެއް ގާއިމުކުރުމެވެ. މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބުނީ މި ނިޒާމުގެ ސަބަބުން ވިޔަފާރި މުއާމަލާތްތަކުގެ އަވަސްމިނާއި އިތުބާރު ބޮޑުވެގެންދާނެކަމަށެވެ.
އޭގެ އިތުރުން، މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި، އަމަލީގޮތުން އެތެރެކުރެވޭ މުދަލުގެ މައުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެމްއެމްއޭ އިން ބުނެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިއާ ގުޅުންހުރި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރެވި، ޑޮލަރު ދޫކުރުމުގައި ދިމާވާ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މުޅި މަސައްކަތް ވިލަރެސްކޮށް، ސުޕަވައިޒްކުރުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

ކިޔުންތެރިންގެ ހިޔާލު