ދިވެހިރާއްޖޭގެ އިންޖިނިއަރިން ދުވަހާ ގުޅިގެން، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ހާއްސަ ހަރަކާތްތަކެއް ރާވައިފިއެވެ.
އޮގަސްޓް 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިން ދުވަސް ކަމަށްވާއިރު، ދުވަހާ ގުޅިގެން މިނިސްޓްރީން ތާވަލުކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރަކާއި، ސްކޫލް ދަރިވަރުންނަށް ހާއްސަ ސައިޓް ވިޒިޓްތަކަކާއި، ދާއިރާގެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ބާއްވާ ހަފްލާއެއް ހިމެނެއެވެ.
ކުޑަކުދިންގެ ހަވީރު
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން 29 އޮގަސްޓް 2026 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޒުވާން ޖީލުގެ ހިތްތަކުގައި އިންޖިނިއަރިން ދާއިރާއަށް ލޯބި ޖެއްސުމަށް ބޭއްވޭ މި ހަވީރުގައި، އެމްއެންޑީއެފް، އެމްޓީސީސީ، އެޗްޑީސީ، އެމްޑަބްލިޔުއެސްސީ، ފެނަކަ، ސްޓެލްކޯ، އާރުޑީސީ، އެމްއޭސީއެލް، މޯލްޑިވިއަން، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، އެމްޕީއެލް، އަދި އެފްޑީސީ ފަދަ ދައުލަތުގެ ގިނަ ކުންފުނިތަކެއްގެ ސްޓޯލްތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ސްޓޯލްތަކުގެ ޒަރީއާއިން ކުދިންނަށް، ދިވެހި އިންޖިނިއަރުން ކުރަމުންދާ ތަފާތު މަސައްކަތްތަކާ ބެހޭ މައުލޫމާތު ހޯދައި، ތަފާތު ހަރަކާތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސައިޓް ވިޒިޓްތައް
ދިވެހިރާއްޖޭގެ އިންޖިނިއަރިން ދުވަހާ ގުޅިގެން އިންޖިނިއަރިން ދާއިރާއަށް ދަރިވަރުންނަށް އަހުލުވެރިކުރުވުމަށް ހާއްސަކޮށްގެން 5 ސެޕްޓެމްބަރު 2026 ވަނަ ދުވަހު ރާއްޖޭގެ އެކި އަތޮޅުތަކަށް ސައިޓް ވިޒިޓްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ ވެސް މަދުވެގެން ދެ ރަށެއްގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއެއްގެ ސައިޓަށް ނުވަތަ އިންޖީނުގެ އަށް ދަރިވަރުން ގެންދިއުމަށް ވަނީ ރޭވިފައެވެ. މާލޭގައި ކުރިއަށްދާ ތިލަމާލެ ބްރިޖް މަޝްރޫއަށް ވެސް ހާއްސަ ސައިޓް ވިޒިޓެއް ތާވަލު ކޮށްފައިވެއެވެ. ތަފާތު އުމުރުފުރާގެ ސްކޫލް ދަރިވަރުންނަށް ހާއްސަ ކޮށްގެން ރޭވިފައިވާ މި ވިޒިޓްތަކުގައި، ދިވެހި އިންޖިނިއަރުންގެ ދައުރު ދަރިވަރުންނަށް ހަގީގީ ތަޖުރިބާ ލިބޭ ގޮތަށް ކިޔައިދެވޭނެއެވެ.
އިންޖިނިއާސް އެވޯޑު
އިންޖިނިއަރިން ދުވަހާ ގުޅިގެން ހިންގޭ ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަ ހަރަކާތަކީ 10 ސެޕްޓެމްބަރު 2026 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "އިންޖިނިއާސް އެވޯޑު" ދިނުމުގެ ރަސްމިއްޔާތެވެ. ދިވެހިރާއްޖޭގެ ތަރައްގީ ބިނާކުރުމުގައި ދިވެހި އިންޖިނިއަރުންނާއި ދާއިރާގެ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދެވޭ މި އެވޯޑު، އިންޖިނިއަރިން ދާއިރާގެ 10 ގިންތިއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ރާވާފައިވާ މި ހަރަކާތްތަކަކީ، ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އިންޖިނިއަރިން ދާއިރާ އަދާކުރާ ނުހަނު މުހިންމު ދައުރު ފާހަގަކޮށް، ދިވެހި ޒުވާނުން މި ދާއިރާއަށް އަހުލުވެރިކޮށް ޝައުގުވެރިކުރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު