ޤައުމުތަކުގެ ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނުހަދާ މަޖިލީހުން މުހިންމު ދައުރެއް އަދާކުރާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ކެމްބޯޑިއާގެ ވެރިރަށް ނޮމް ޕެންގައި މިހާރު ކުރިއަށްދާ 2 ވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގެ ޢާންމު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
"ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާ އެކު މައްސަލަތައް ހައްލުކުރުން" މި މަޢުޟޫއަށް ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރަންޖެހޭ ކަމަށެވެ.
ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، މަޝްވަރާ ކުރުމަށް ފުރުޞަތު ލިބިގެންދާ ކަމަށް، ޞުލްޙަ ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވި އެވެ. އަދި ހަމަނުޖެހުމާއި އަނިޔާވެރިކަމުގެ ބަދަލުގައި، އަބަދުވެސް އިސްކަން ދޭންވާނީ މަޝްވަރާ އާއި އެއްބާރުލުން ދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ހަމަނުޖެހުންތައް ޞުލްޙަވެރިކަމާއެކު ހައްލު ކުރުމަށާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިން އަލުން ޢަޒުމް ކަނޑައެޅުއްވުމަށް ވެސް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ގޮވާލެއްވި އެވެ. އަދި ބައިބައިވުމުގެ ބަދަލުގައި މަޝްވަރާކޮށް، ބާރުގެ ބަދަލުގައި ހަރުދަނާ ޤާނޫނުތައް ހަދާ، ދެކޮޅުވެރިކަމުގެ ބަދަލުގައި އެއްބާރުލުން އިސްކުރުން ނުހަނު މުހިންމު ކަމަށް ވެސް މަޖިލީސް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމް ކުރުމަށާއި، ހުރިހާ ކަމެއްގައި ވެސް މަޝްވަރާ ކުރުން އިސްކުރުމަށް ވެސް މަޖިލީސް ރައީސް ޢަބްދުއްރަޙީމް ގޮވާލެއްވިއެވެ. ކެމްބޯޑިއާ ދާޚިލީ ހަނގުރާމައަށްފަހު ޞުލްޙަ ޤާއިމުކުރުމުގައި ހޯދި ކާމިޔާބީ ފާހަގަކުރަށްވަމުން، މަޖިލީސް ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ކެމްބޯޑިއާގެ ތަޖުރިބާ ދައްކައިދެނީ ކިތަންމެ ބޮޑު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ވަރުގަދަ ލީޑަރޝިޕަކާއި، ޢަޒުމަކާއި، ޞުލްޙަވުމުގެ ރޫހެއް ހުރެއްޖެ ނަމަ، އެ ހިތާމަވެރި ހާލަތްތަކުން ވެސް އަރައިގަނެވޭނެ ކަމުގެ ހެތްކެއް ކަމަށެވެ.
ހަމައެއާއެކު ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތައް ހަލާކުވުމާއި، ކަނޑުތައް ތަޣައްޔަރުވުމާއި، މޫސުމީ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެ، ހަމަ ނުޖެހުންތަކަށް މަގުފަހިވެދާނެ ކަމަށް އަބްދުއްރައީމް ވިދާޅުވި އެވެ. އަދި ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމެއް ނޫން ކަމަށާއި، އެއީ ޞުލްޙަވެރިކަމާއި، ހަމަ ޖެހުމާއި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދަށް އިންޑިއާ ކަނޑުގެ ނުހަނު ބޮޑު މުހިންމުކަމެއް ލިބިފައިވާކަން ފާހަގަކުރަށްވަމުން، ވިޔަފާރިއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން އެކި ދާއިރާތަކުން މީހުންގެ ދިރިއުޅުމާ ގުޅިފައިވާ މި ކަނޑަކީ ނުހަނު މުހިންމު މައި ނާރެއް ކަމަށް މަޖިލީސް ރައީސް ވިދާޅުވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުގެ މާޙައުލު ރައްކާތެރިކޮށް، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ދެއްވާފައިވެއެވެ.
ޢަބްދުއްރަޙީމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ގުޅިގެން، ހަމަޖެހުމާއި ތަރައްޤީ ހިމެނޭ ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު