ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުން ލިބިފައި--
ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުން ލިބިފައި--
ހިޔާގެ އެޕާޓްމަންޓްއެއްގައި އަލިފާނުގެ ހާދިސާއެއް، ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ބުނީ މިއަދު ހަވީރު ރޯވީ ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ކަމަށެވެ. އެ ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެ، ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ ހަތަރު ފަރާތަކަށް އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ފަސް ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސަދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މި ހާދިސާ އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް