ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އެކުލަވާލާފައިވާ، ފަޅު ރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ޙިލްމީ މަޖިލީހަށް ހުށައެޅުއްވި މި ބިލު ފާސްކުރުމަށް 47 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ، މިހާރު އަމަލުކުރަމުންދާ ގާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އުވާލައި، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމާއި، ވަކި ބޭނުމަކަށް ކަނޑަނާޅާ ހުންނަ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާ ބެހޭ ހަރުދަނާ އުސޫލުތަކާއި ޝަރުތުތައް އަދި އިޖުރާއަތްތައް ކަނޑައެޅުމެވެ. މި ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފެށުމާއެކު ކުރީގެ ގާނޫނު އުވިގެންދާނެއެވެ.
ބިލުގައިވާ ގޮތުން ފަޅުރަށްރަށް އެކަށައެޅޭނީ ނުވަ ބޭނުމަކަށެވެ. އެއީ ފަތުރުވެރިކަމުގެ ބޭނުމަށާއި، ސިނާއީ ބޭނުމަށާއި، މަސްވެރިކަމަށް، ދަނޑުވެރިކަމަށް، އިގުތިސޯދީ އެހެން ބޭނުންތަކަށް، އިޖުތިމާއީ ބޭނުމަށް، ދައުލަތުގެ ބޭނުމަށް އަދި އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުންތަކަށެވެ. ފަޅުތައް އެކަށައެޅޭނީ މި ކަންކަމުގެ ތެރެއިން ދަނޑުވެރިކަމާއި އިޖުތިމާއީ ބޭނުންތައް ފިޔަވައި އެހެން ބޭނުންތަކަށެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ފަތުރުވެރިކަމާއި ސިނާއީ ބޭނުމަށް ކަނޑައަޅާ ރަށްތައް ފިޔަވައި އެހެން ރަށްތައް އެކި ބޭނުންތަކަށް އެކަށައަޅާނީ އެ ރަށެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަކުންނެވެ. ނަމަވެސް، ފަތުރުވެރިކަމަށާއި ސިނާއީ ބޭނުމަށް އެކަށައަޅާ ރަށްތައް ކަނޑައަޅާނީ ޓޫރިޒަމާބެހޭ ގާނޫނާއި މި ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ވަކި ބޭނުމަކަށް ކަނޑަނާޅާ ފަޅުރަށްރަށް ދޫކުރާނީ ރަށް ބެލެހެއްޓުމަށްޓަކައި ވަރުވާއަށެވެ.
ވިޔަފާރީގެ ބޭނުމަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި، ޕާޓްނާޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުނިތަކަށެވެ. އެނޫން ބޭނުންތަކަށް ކުއްޔަށް ދެވޭނީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ އިތުރުން ޖަމްއިއްޔާތަކަށެވެ. މީގެއިތުރުން ރަށެއް އެކުގައި ކުއްޔަށް ދިނުމުގެ ބަދަލުގައި، ރަށުގެ ވަކި ބައެއްވެސް ކުއްޔަށް ދެވިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ގާނޫނުގެ ދަށުން ފަޅުރަށެއް ކުއްޔަށް ދެވޭނީ 21 އަހަރުގެ މުއްދަތަށެވެ. އެހެންނަމަވެސް، ކުއްޔަށް ހިފާ ފަރާތުން އެއަށްވުރެ ކުރު މުއްދަތަކަށް އެދިއްޖެނަމަ ގަވާއިދާ އެއްގޮތަށް އެ ފުރުސަތު ދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބެއެވެ. އަދި ކުއްޔަށް ދީފައިވާ މުއްދަތު ހިމެނޭހެން ޖުމްލަ 50 އަހަރަށް މުއްދަތު އިތުރުކޮށްދިނުމުގެ ބާރުވެސް ލިބިގެންވެއެވެ.
ފަޅުރަށްރަށާއި ފަޅުތަކުގެ ކުލި ނަގާނެ މިންވަރު:
ފަޅުރަށްރަށުން: ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމަށް އަކަމީޓަރަކަށް އަހަރަކު 2.50 ރުފިޔާ، އަދި އިޖުތިމާއީ ބޭނުމަށް އަކަމީޓަރަކަށް އަހަރަކު 2 ރުފިޔާއެވެ.
ފަޅުތަކުން: ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ، އަދި މަސްވެރިކަމުގެ ބޭނުމަށް އަކަމީޓަރަކަށް އަހަރަކު 50 ލާރިއެވެ.
ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކަށާއި، 100 މިލިއަން ރުފިޔާއަށްވުރެ ކުޑަނޫން އިންވެސްޓްމަންޓްތައް ހިމެނޭ ލާޖް ސްކޭލް އިގުތިސޯދީ މަސައްކަތްތަކަށާއި އެކުއާކަލްޗާ ހަރަކާތްތަކަށެވެ. އަދި ވަރުވާއަށް ރަށްތައް ދޫކުރެވޭނީ ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޝަހްސުތަކާއި ކުންފުނި، ޕާޓްނާޝިޕް، އަމިއްލަ ވިޔަފާރި އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
މި ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތައް 500،000 (ފަސްލައްކަ) ރުފިޔާއާއި 1،000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު