ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތައް ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙް، މުހިންމު ބަދަލުތަކަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ. މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ރޭ ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއްގައެވެ.
މި އިސްލާޙަކީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ވަޒީރުންގެ މަޖިލީހުން ނިންމައިގެން ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބިގެންވެއެވެ.
ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި ބިލަށް ވަނީ މުހިންމު އިސްލާޙެއް ގެނެސްފައެވެ. އެގޮތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި އިސްލާޙުގައިވަނީ، ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް ނަގާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އެކަށީގެންވާ ބަދަލެއް ދޭންޖެހޭނެ ކަމަށެވެ. ކޮމިޓީން ބިލު ފާސްކުރީ މި ބަދަލާއެކުގައެވެ.
މި އިސްލާޙާ ގުޅިގެން ޢާންމުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، އެ ޕެޓިޝަނާ ދެކޮޅަށް އަދި އިސްލާޙު ފާސްކުރުމަށް ތާއީދުކޮށް، މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސްގެން ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ވެސް ވަނީ މަޖިލީހަށް އިތުރު ޕެޓިޝަނެއް ހުށަހަޅާފައެވެ. ނަމަވެސް، ލާމަރުކަޒީ ކޮމިޓީން ރޭ މި ބިލު ފާސްކޮށްފައިވަނީ މި ޕެޓިޝަންތަކުގައި ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރުމެއް ނެތިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މި ބިލު އެޖެންޑާކޮށް، ފާސްކުރުމަށް ވޯޓަށް އަހާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު