ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރަން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ނިންމެވުމާ ގުޅިގެން، އެއީ ފަތުރުވެރިކަމުގެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.
މަޓީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކެބިނެޓް ވަޒީރުންނާއެކު ރައީސް އޮފީހުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ބައެއް ރިސޯޓު އޮޕަރޭޓަރުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުގައި ބައިވެރިވާ ކަމުގެ ތުހުމަތު ސަރުކާރުން ކޮށްފައިވެއެވެ. ނަމަވެސް މަޓީން ވަނީ އެފަދަ އެއްވެސް ކަމެއްގެ މައުލޫމާތު އެނގިފައި ނުވާ ކަމަށް ބުނެ، ވަކިވަކި ބަޔަކަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުން މުޅި ސިނާއަތަށް އޭގެ ނޭދެވޭ އަސަރުކުރާ ގޮތަށް ސިޔާސަތުތައް ބަދަލުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބުނެފައެވެ.
މީގެއިތުރުން، މި މަހުގެ ކުރީކޮޅު އެމްއެމްއޭއާއެކު ބޭއްވި މަޝްވަރާތަކުގައި 20 އިންސައްތަ މާރުކުރަން ހުށަހެޅުމުން، މަޓީން އެދިފައިވަނީ އެ ނިސްބަތް 10 އިންސައްތައަށް ވުރެ އިތުރުނުކުރުމަށެވެ. އެހެންނަމަވެސް، އެ މަޝްވަރާތަކަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ، ކުއްލިއަކަށް ފައިސާ މާރުކުރަންޖެހޭ މިންވަރު 40 އިންސައްތައަށް ބޮޑުކުރަން ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
ރާއްޖޭގެ 146 ރިސޯޓެއް ތަމްސީލުކުރާ މަޓީން ބުނީ، ތެލާއި، މުސާރައާއި، ޓެކްސްގެ ބާވަތްތަކާއި، ކުއްޔާއި އަދި ބޭރުގެ ލޯނުތައް ދެއްކުމަށް ރިސޯޓުތަކުން ބޮޑެތި އަދަދުތަކުން ޑޮލަރުން ހަރަދުކުރަންޖެހޭތީ މިއީ ތަންފީޒު ކުރެވޭނެ އުސޫލެއް ނޫން ކަމަށެވެ. ނަމަވެސް، ގައުމީ އިގްތިސާދީ މުހިންމު ކަންކަމުގައި އަބަދުވެސް އެއްބާރުލުން ދެމުންދާނެ ކަމަށާއި، ހަގީގަތްތަކުގެ މައްޗަށް ބިނާވެފައިވާ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރާއި އެމްއެމްއޭއާއެކު މަޝްވަރާކުރަން އަބަދުވެސް ތައްޔާރަށް ތިބި ކަމަށް މަޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު