ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތައަށްވުރެ ބޮޑުބައި ނިމި، އެ ރަށަކީ މިހާރު ރާއްޖޭގެ އެންމެ ބިން ބޮޑު ރަށް ކަމުގައި ސަރުކާރުން ހާމަކުރައްވައިފިއެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 65،000 ގެދޮރު ޔަގީންވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު ނާޝިދު ވިދާޅުވީ، ހިއްކުމަށް ހަމަޖެހިފައިވާ 1،150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށެވެ. އަދި މިއީ މުޅި މަޝްރޫޢުގެ 62 އިންސައްތައަށްވުރެ އިތުރު އަދަދެއް ކަން ފާހަގަކުރައްވައި ނާޝިދު ވިދާޅުވީ މިއާއެކު ރަސްމާލެ ވެގެންގޮސްފައިވަނީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫޢަށެވެ.
ރަސްމާލެއިން 700 އަށްވުރެ ގިނަ ހެކްޓަރު ހިއްކައި ނިމުމާއެކު، އެ ރަށް މިހާރު ވެފައިވަނީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށަށެވެ. މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމުގެ ބޮޑުމިނަކީ 609 ހެކްޓަރު ކަމަށްވާއިރު، ރަސްމާލެ މިހާރުވެސް އެރަށަށްވުރެ 107 ހެކްޓަރު ބޮޑެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. 18 ޑިސެންބަރު 2023 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢު އަވަސްކުރުމަށްޓަކައި، ކަންކަން އެމްއޭސީއެލްއާ ހަވާލުކޮށްގެން އަލުން މަސައްކަތް ފަށާފައިވަނީ ފާއިތުވި ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ #ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިޔަށް. ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، މިހާރު 716 ހެކްޓަރު ހިއްކި، ރަސްމާލެ މިވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް… pic.twitter.com/UUL3n0dVJ8
— Mohamed Nashid (@naadu_mv) August 24, 2026
ރަސްމާލެއިން 700 އަށްވުރެ ގިނަ ހެކްޓަރު ހިއްކައި ނިމުމާއެކު، އެ ރަށް މިހާރު ވެފައިވަނީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށަށެވެ. މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމުގެ ބޮޑުމިނަކީ 609 ހެކްޓަރު ކަމަށްވާއިރު، ރަސްމާލެ މިހާރުވެސް އެރަށަށްވުރެ 107 ހެކްޓަރު ބޮޑެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. 18 ޑިސެންބަރު 2023 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢު އަވަސްކުރުމަށްޓަކައި، ކަންކަން އެމްއޭސީއެލްއާ ހަވާލުކޮށްގެން އަލުން މަސައްކަތް ފަށާފައިވަނީ ފާއިތުވި ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު