މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ޕަލާއޫއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ޕަލާއޫގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، ޏިގިރައިބެލަސް ތުމެތުޗުލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ އިއްޔެ ފެށުނު "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އާއި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް"ގެ ހަވާސާގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ ތިމާވެއްޓާއި އިޤްތިޞާދީ ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވާފައެވެ. އަދި ސިޑްސް މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކޮށް، އިންވެސްޓް ކުރުމުގެ އައު ފުރުސަތުތައް ފަހިކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ކަންކަން ދުނިޔޭގެ މަސްރަހުގައި ކުރިއެރުވުމަށްޓަކައި ޕަލާއޫއާއެކު ގާތުން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ. މި ހިނގާ އޯގަސްޓް 23 އިން 25 އަށް ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް" އަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ ހަރަކާތްތަކުގައި ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތައް، އެހީދޭ ފަރާތްތަކުގެ އިތުރުން ދިރާސާވެރިންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު