ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު (ޢަޒީ) އަލުން އެ މަގާމަށް އައްޔަންކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ބުނެ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އެދިއްޖެއެވެ.
މިހާރު ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޒީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ނަންފުޅު ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިއްޔެ ވަނީ ފޮނުއްވާފައެވެ. ނަމަވެސް، އަޒީއާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް މަޖިލީހުން ދީފައިވަނީ އެންމެ 6 ގަޑިއިރުގެ ވަގުތެކެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިއެވެ.
މި ކަމާ ގުޅިގެން ޓްރާންސްޕޭރަންސީން އެންމެ ފުރަތަމަ ކުރި ޕޯސްޓުގައި، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް މަޖިލީހުގައި ވަނީ އެދިފައެވެ.
އޭގެ ފަހުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ޙުސައިން ރިޟާ އާދަމަށް ޓްރާންސްޕޭރަންސީން ފޮނުވި ސިޓީގައި ބުނެފައިވަނީ އަޒީ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދައުރުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރެވިފައިނުވާތީ، އާންމުންނަށް މައުލޫމާތު ހޯދުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށެވެ. އަދި އޭނާގެ ދައުރުގައި މައުލޫމާތު ހޯދުމަށް އެކުލަވާލި ފޯމުތައް ފަރުމާކޮށްފައިވަނީ މައުލޫމާތު ހޯދުމުގެ ހައްގަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ކަމަށާއި އާންމު އަޑުއެހުމެއްވެސް ބޭއްވީ އަޒީގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޓްރާންސްޕޭރަންސީން ބުނީ އެ ޖަމިއްޔާއަކީ 2013 ވަނަ އަހަރުން ފެށިގެން މަޖިލީހާ ގުޅިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު އެކުލަވާލުމާއި، ވޭތުވެދިޔަ 12 އަހަރު އެ ގާނޫނު ތަންފީޒުކުރުމަށް ސާބިތުކަމާއެކު މަސައްކަތްކޮށްފައިވާ ޖަމިއްޔާއެއް ކަމަށެވެ. އެހެންކަމުން، މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އަޒީގެ ނަން ފާސްނުކޮށް، އެ މަގާމަށް އެންމެ އެކަށޭނަ ބޭފުޅަކު ހޯދުމަށް އަލުން އިއުލާންކުރުމަށް ވަނީ ގޮވާލާފައެވެ.
17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަޒީ، އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ 22 ޖުލައި 2014 ގައެވެ. ދިވެހިބަހުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ އަޒީ ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރަކީ 5 އަހަރު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު