2028 ވަނަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
"ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ ބައްދަލުވުމުގައި، ބައިވެރިވި ގިނަ ރައްޔިތުން ވަނީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ. މާލޭގައި ދިގު މުއްދަތަކަށް އުޅުނު ނަމަވެސް އަމިއްލަ ގޭދޮރެއް ނެތުމާއި، ރަށްރަށުން މާލެއަށް ބަދަލުވެފައިވާތީ އެހެން ސަރަހައްދަކުންވެސް ގޯއްޗެއް ލިބިފައި ނެތުން ފަދަ މައްސަލަތައް ރައްޔިތުން ފާހަގަކުރިއެވެ. މީގެއިތުރުން، ބޮޑު ކުލި ދައްކައިގެން އުޅެންޖެހުމާއި ގަންނަންޖެހޭ ތަކުލީފުތަކުގެ ވާހަކަވެސް ހިއްސާކުރިއެވެ.
މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާލެއާއި އަތޮޅުތެރޭގައިވެސް ހައުސިންގ މަޝްރޫޢުތައް އަވަސްކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓްތައް ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްދާނީ ނުފޫޒުން އެއްކިބާވެ، ކުރިއަށްވުރެ އިންސާފުވެރިކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ފްލެޓް ލިބިފައިވަނިކޮށް އަތުލި މީހުންނަށް ވީހާވެސް ގިނައިން ފްލެޓް ދިނުމަށް އިސްކަންދޭނަން. އަދި އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް އިތުރު ފްލެޓްތައް ބިނާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ހިޔާ ފްލެޓް ލިބޭނެ ކަމަށް ނިންމުމަށްފަހު ކުރީގެ ސަރުކާރުން ފްލެޓް އަތުލި ފަރާތްތަކަށް، މި ސަރުކާރުގެ ފުރަތަމަ ސޯޝަލް ހައުސިންގ ސްކީމުގެ ތެރެއިން ފްލެޓް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވޭތުވެދިޔަ ޑިސެމްބަރު މަހު ހެންވޭރު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު