މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ އާއި އެފަދަ އަގުތަކުގެ މައުލޫމާތު މީޑިއާތަކުން ޝާއިއުކުރުން މަނާކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހުތައް ކޮމިޓީއަށް ހުށަހެޅުއްވީ ޕީއެންސީގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި މި އިސްލާހުގައިވާ ގޮތުން، އެމްއެމްއޭގެ ރަސްމީ ރޭޓަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ މުއާމަލާތްތައް ޕްރޮމޯޓުކޮށް އިޝްތިހާރު ކުރުމަކީ ކުށެކެވެ. މީގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް އާންމުންނަށް ފެންނާނެހެން އެފަދަ އަގުތައް ހާމަކުރުމާއި ފެތުރުން ހިމެނެ އެވެ.
މި އުސޫލާ ހިލާފުވާ އާންމު ފަރުދުން 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ މައުލޫމާތު އާންމުކުރަނީ މީޑިއާއެއް، ވިޔަފާރިއެއް ނުވަތަ ގާނޫނީ ޝަހުސަކުން ނަމަ 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ބޮޑު ޖޫރިމަނާއެއް ކުރުމަށް ވެސް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
މީގެއިތުރުން، ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުރިހާ މުއާމަލާތެއް ވެސް ކުރަންވާނީ އެމްއެމްއޭގެ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތިނުވާނެހެން ކަމަށް ބަޔާންކޮށް، އެއަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ފަރާތްތައް 25،000 ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ހިމަނައިފަ އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ޖަލްސާގެ ބޮޑު ބައެއް މައިކުތައް ކަނޑާލައިގެން ސިއްރު ގޮތަކަށް ކުރިއަށް ގެންދިޔައިރު، މީޑިއާގެ އަޑު ކަނޑުވާލެވޭ ފަދަ މާއްދާތަކެއް ބިލުގައި ހިމެނުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، މިއީ މިނިވަން ނޫސްވެރިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި މި ބިލަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު ބަދަލުކޮށް، ލިބޭ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ލާޒިމުކުރުމަށް ހުށަހެޅި ބިލެކެވެ. ކުރިން މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ނަމަވެސް، އިތުރު އިސްލާހުތައް ގެނައުމަށްޓަކައި ބިލު އަލުން ކޮމިޓީއަށް އިއްޔެ ފޮނުވާލުމާ ގުޅިގެން މިއަދު މިވަނީ އާ އިސްލާހުތަކާ އެކު އަލުން ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު