އދ. ދިގުރަށުގައި މިދިޔަ މާޗު މަހު ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ފަސް ބިދޭސީންނަކީ ވެސް އެ ހާދިސާ ހިނގި ވޯކްސައިޓަށް ރަޖިސްޓްރީކޮށްފައިވާ ބައެއް ނޫން ކަމަށާއި، އެ މީހުން އެ ރަށުގައި މަސައްކަތް ކުރަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިވޭތޯ ބެލުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ މެދުވެރިކޮށް މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެ މައްސަލައާ ގުޅިގެން ކަމާބެހޭ ވުޒާރާތަކާއި ދިގުރަށު ކައުންސިލުން ހޯދި މައުލޫމާތުތައް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެންބަރާ ހިއްސާކުރައްވާފައެވެ.
އިކޮނޮމިކް މިނިސްޓްރީން މަޖިލީހަށް ފޮނުވި މައުލޫމާތުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަލިފާން ރޯވި އެކޮމޮޑޭޝަން ބްލޮކަކީ ގަވާއިދުގެ ދަށުން ބިދޭސީން ބޭތިއްބުމަށް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ތަނެއް ނޫނެވެ. އަދި އެ ތަނަކީ ދިގުރަށު ކައުންސިލުން ވެސް އެއްވެސް އިރެއްގައި އިންސްޕެކްޓްކޮށް ބަލާފައިވާ ތަނެއް ނޫން ކަމަށް ކައުންސިލާ ހަވާލާދީ ވަނީ ބުނެފައެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދީފައިވާ ތަފުސީލުތަކަށް ބަލާއިރު، މި ހާދިސާގައި ފުރާނަ ގެއްލުނު ފަސް މީހުންނަކީ ވެސް އެ މީހުންގެ އަސްލު ސްޕޮންސަރުންގެ ބެލުމުގެ ދަށުން ބޭރުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ. އޭގެ ތެރެއިން ތިން މީހެއްގެ ވޯކް ޕާމިޓުގެ މުއްދަތު ހަމަވެފައިވާއިރު، އެކެއްގެ ވޯކް ޕާމިޓް ވަނީ ކެންސަލްކޮށްފައެވެ. އަދި އަނެއް މީހަކީ ފިލައިގެން އުޅޭ ކަމަށް ރިޕޯޓްކޮށް ހޯދަމުން ދިޔަ ބިދޭސީއެކެވެ. މަރުވި މީހުންގެ ތެރެއިން ހަތަރު މީހަކު ރަޖިސްޓްރީކޮށްފައިވަނީ ނިއު ލަޔާ ކޮންސްޓްރަކްޝަން، ގުޑް މާކް، ހައިޑްރާ ގްރޫޕް އަދި ފިރާހް ކޮންސްޓްރަކްޝަން އަށެވެ. އަދި ފަސްވަނަ މީހާއަކީ އަމިއްލަ ފަރުދެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހެކެވެ.
މި ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ފުލުހުންނާއި ހޯމް މިނިސްޓްރީން ބުނެފައިވަނީ، މިހާތަނަށް 42 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް، އަނިޔާވި މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ ބަންގްލަދޭޝް މީހަކާއި، ސީރިއަސް އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް ގައުމަށް އެނބުރި ދިޔަ މީހަކާ އަދި ސުވާލު ކުރެވިފައި ނުވާ ކަމަށް އެ މިނިސްޓްރީން ބަޔާންކުރެއެވެ.
ފަސް މީހުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ ކައްކަން އުޅުމުގެ ތެރޭގައި 45 ކިލޯގެ ގޭސް ފުޅިއެއްގެ ރެގިއުލޭޓަރާ ދިމާލުން އަލިފާން ރޯވެ، އެ އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަދި އޭގެ ކައިރީގައި އިތުރު ގޭސް ފުޅިއެއް ހުރުމާއި، ހާދިސާ ހިނގި ވަގުތު އެ ތަނުގައި ދިރިއުޅޭ ބައެއް މީހުން ނިދާފައި ތިބުމަކީ ގެއްލުން ބޮޑުވާން ދިމާވި މައިގަނޑު އެއް ސަބަބު ކަމަށްވެސް ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު