ތިމާވެއްޓާ ބެހޭ މިނިސްޓަރު އަލީ ޝަރީފް، ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ އިތުރުން މުޅި ދުނިޔެއަށް ވެސް މަޝްހޫރު ބ. ހަނިފަރު ބޭއަށް ފީނުއްވައި އެ ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.
ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭއަކީ އެންމަޑިއާއި ފެހުރިހި ގިނަ އަދަދަކަށް އެއްވާ، އަދި ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ހާއްސަ ސަރަހައްދެކެވެ. މިއީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ބައެއްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ތަނެެއްކަން ފާހަގަކޮށްލެވެއެެވެ.
މިނިސްޓަރު އަލީ ޝަރީފް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިފަރު ބޭއަށް ވަޑައިގެން، އެ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ރޭންޖަރުންނާ ބައްދަލުކުރެއްވިއެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން މަޢުލޫމާތުދިން ގޮތުގައި، މި ބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށް ރޭންޖަރުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުއްވުމެވެ. މީގެ އިތުރުން، މިނިސްޓަރު ވަނީ ހަނިފަރު ބޭއަށް ފީނުއްވައި، އެ ތަނުގެ ގުދުރަތީ ހާލަތު އަމިއްލަފުޅަށް ބައްލަވާލައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު އަލީ ޝަރީފް ވަނީ އެ އަތޮޅު މެންދޫއަށް ވެސް ވަޑައިގަންނަވާފައެވެ.
ބަޔޮސްފިއާ ރިޒާވްގެ ދަށުން ހިމާޔަތްކޮށްފައިވާ މެންދޫއަކީ ނާޒުކު މުރަކައިގެ އިތުރުން، ދޫންޏާއި ވެލާ-ކަހަނބު ބިސްއަޅައި އާލާވާ މުހިންމު ސަރަހައްދެކެވެ. އަދި އެއީ ރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ޕައިލެޓް ރިމޯޓް މޮނިޓަރިން އެންޑް ސަވެއިލަންސް (އާރްއެމްއެސް) ސްޓޭޝަން ވެސް ހުންނަ ރަށެވެ.

ކިޔުންތެރިންގެ ހިޔާލު