ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރާ ބޭރުގެ ކޮންޓްރެކްޓަރުން ދައްކަންޖެހޭ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓު ބޮޑުކުރުމަށްޓަކައި މަޖިލީހަށް ހުށައެޅި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ މެންބަރު، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. މި އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ އެކި ކަހަލަ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތައް ހޯދުމުގައި، ދިވެހި ކުންފުނިތަކާއި ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުކޮށް، ހަމަހަމަ މާހައުލެއް ބިނާކުރުމެވެ.
އިސްލާހުގައި ބުނެފައިވާ ގޮތުގައި، މިހާރު ގާނޫނުގައި އޮންނަ 5 އިންސައްތައިގެ ބަދަލުގައި، ދެން އެފަދަ ފަރާތްތަކަށް ދައްކާ ފައިސާގެ 10 އިންސައްތަ ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ކަނޑައި، ދައުލަތަށް ދައްކަން ޖެހޭނެއެވެ.
މި އިސްލާހު ބަލައިގަތީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
މިބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވާއިރު، މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ބުނެފައި ވަނީ، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ނެގޭނީ ފަސް އިންސައްތަ ކަމަށެވެ. މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވަނީ، އެފަދަ ފަރާތްތަކަށް ދައްކާ ޖުމްލަ ފައިސާގެ 10 އިންސައްތަ ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ގޮތަށް ބަދަލުކުރުމަށެވެ.
މީގެއިތުރުން، ރާއްޖޭގައި ދާއިމީ މަރުކަޒެއް ހިންގާ ނޮން ރެޒިޑެންޓް ފަރާތްތަކުން މި ޓެކްސް ދެއްކުމުން، އެ އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ޓެކްސް ފުރިހަމަވީކަމަށް ބަލައި، ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރެއިން އެ އަދަދު އުނިކުރުމާ ގުޅޭ އުސޫލުތައް އިތުރަށް ސާފުކުރުމަށްޓަކައި އެ މާއްދާއަށް ދެ އަކުރެއް އިތުރުކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.
އެގޮތުން ގާނޫނުގެ 27 ވަނަ މާއްދާއާއި 55 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. 27 ވަނަ މާއްދާގެ (ރ) އަށް ދެ އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައިވާއިރު، އޭގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ރާއްޖޭގައި ހުންނަ ދާއިމީ މަރުކަޒުތައް މެދުވެރިކޮށް ހޯދާ އާމްދަނީން ވިތްހޯލްޑިން ޓެކްސް ދައްކާފައިވާނަމަ، އެ ފައިސާއަކީ އެ އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ފުރިހަމަ ޓެކްސްގެ އަދަދު ކަމުގައި ކަނޑައެޅުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީ ނުހިމެނޭނެ ގޮތް ހެދުންކަމަށް އިސްލާހުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު