ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް ކުރިން އޮތް މިންވަރަށް ބޮޑުކުރުމަކީ ދިވެހި ކޮންޓްރެކްޓަރުންނަށް ލިބިގެންދާނެ ބޮޑު ފައިދާއެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޑރ. މުއްޠަލިބް މިކަން ހާމަކުރައްވާފައިވަނީ މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި މިނިސްޓަރު ވިދާޅުވީ، 2021 ޖުލައި 20 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތައިން 5 އިންސައްތައަށް ކުޑަކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤު ކުރައްވާފައި ކަމަށެވެ. މި ބަދަލުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނާ އަޅާބަލާއިރު ބޭރުގެ ފަރާތްތަކަށް ޓެކްސްގެ ބޮޑު ފައިދާއެއް ލިބިގެންދިޔަ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
ނަމަވެސް، އަލުން އެ ޓެކްސް ރޭޓް 10 އިންސައްތައަށް ބޮޑުކުރުމަށް ނިންމި ނިންމުމަކީ މި ދެމެދުގައި އޮތް ނަހަމަކަން ނައްތާލައި، ދިވެހި ކޮންޓްރެކްޓަރުންނަށް ވާދަވެރި މާހައުލެއްގައި ހަމަހަމަކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
އޭގެ އިތުރުން މި ބަދަލާއެކު އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ލިބޭ ފުރުޞަތުތައް އިތުރުވެ، އިޤްތިޞާދީ ގޮތުން ދިވެހި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރާ ބޭރުގެ ކޮންޓްރެކްޓަރުން ދައްކަންޖެހޭ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓު ބޮޑުކުރުމަށްޓަކައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށައަޅާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ މެންބަރު، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. މި އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ އެކި ކަހަލަ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތައް ހޯދުމުގައި، ދިވެހި ކުންފުނިތަކާއި ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުކޮށް، ހަމަހަމަ މާހައުލެއް ބިނާކުރުމެވެ.
މި އިސްލާހު މަޖިލީހަށް ބަލައިގަނެ މިހާރުވަނީ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު