ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ޓެކްސްއާ ގުޅުންހުރި މުހިންމު ބިލްތަކަކީ މަޖިލީހުގެ ގަވާއިދާއި ނިޒާމު ގެއްލޭގޮތަށް ދަންވަރުގެ ވަގުތުތަކުގައި ކުއްލިއަކަށް ނިންމާލަންޖެހޭ ކަންކަން ނޫން ކަމަށާއި، އިގްތިސާދީ މިފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާތަކެއް ކުރުމަށްފަހު ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒިޔާދު މިހެން ވިދާޅުވީ، ރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން އުނިކުރާ ވިތުހޯލްޑިންގ ޓެކްސް %5 އިން %10 އަށް ބޮޑުކުރުމަށްޓަކައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހެޅި އިސްލާހުގެ ބަހުސްގައެވެ.
މި އިސްލާހާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޒިޔާދު ފާހަގަކުރެއްވި ގޮތުގައި، ވިތުހޯލްޑިންގ ޓެކްސް ބޮޑުކުރުމަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ގެސްޓްހައުސް ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރާނެ ކަމެކެވެ. އަދި ބޭރު ކުންފުނިތަކަށް ރާއްޖޭގައި އަލުން ރަޖިސްޓްރީވެގެން މި ޓެކްސްއިން ރެކުމުގެ ފުރުސަތު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ބަދަލުގެ ސަބަބުން ދިވެހި ކުންފުނިތަކަށް ވާދަކުރުމުގެ އެއްވެސް ކުރިއެރުމެއް ނުލިބޭނެކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، ޒުވާނުންގެ މަރުކަޒުތަކާއި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް އަދިވެސް ހަވާލުކުރަމުން ދަނީ ބޭރުގެ ފަރާތްތަކާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ގިނަ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބި، މާލީ ބޮޑެތި އަޑިގަނޑުތަކަކަށް ވެއްޓި ބަނގުރޫޓުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ހަމައެހެންމެ، ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއާއި ނ. އަތޮޅުގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ފަދަ ޓެކްސް މައާފުކޮށްދީފައިވާ ސަރަހައްދުތަކުން ދައުލަތަށާއި ރައްޔިތުންނަށް އެދެވޭ މަންފާއެއް ނުލިބޭކަން ޒިޔާދު ފާހަގަކުރެއްވިއެވެ. ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބޯހިޔާވަހިކަން ގަތުމަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، އާދައިގެ ދިވެހި ރައްޔިތަކު މާލެއިން ބިމެއް ނުވަތަ ގެއެއް ގަންނައިރު އެތައް ގުނައެއް ބޮޑު ޓެކްސްއެއް ދައްކަންޖެހޭތީ، ސަރުކާރުން އިސްކަންދެނީ ދިވެހިންނަށް ނޫންކަން ހާމަވާކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޒިޔާދުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ޓެކްސް ބޮޑުކޮށްގެން ދައުލަތަށް ފައިސާ ހޯދުމަކީ އޭގެ ފައިދާ ރައްޔިތުންނަށް ސީދާ ލިބޭނަމަ ރަނގަޅު ކަމެއް ކަމަށެވެ. އެހެ
ންނަމަވެސް، ކޮރަޕްޝަނާއި ހިޔާނާތް ހުއްޓުވުމުގެ އިހުލާސްތެރި މަސައްކަތެއް ނުކޮށް، ހަމައެކަނި ސަރުކާރު ކުންފުނިތަކުގެ ވެރިން ބަދަލުކުރުމަކީ ހަގީގީ ހައްލެއް ނޫން ކަމަށާއި، މިފަދަ ބޮޑެތި އިގްތިސާދީ އިސްލާހުތައް ގެންނަންވާނީ ފުރިހަމަ ދިރާސާއެއް ކުރުމަށްފަހު ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު