މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ނިމުމުން، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސް ނެތިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށްފަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިކޮންމިކް މިނިސްޓަރުގެ ސަޢީދު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި، އެ ބަނދަރާއި ގުޅިފައިވާ މުޅި ނިޒާމަށް ވަށާޖެހޭ ޖުމްލަ ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. އަދި 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން މި މަސައްކަތް ނިންމެވުމަށް ރައީސް ކަނޑައަޅުއްވާފައިވާ އިރު، އެ މަސައްކަތް މިހާރު ދަނީ ބާރު ސްޕީޑުގައި ކުރިއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިކަމުގެ ނަތީޖާއަކަށްވާނީ، ބަނދަރުން ޒަމާނީ އަދި އަވަސް ޚިދުމަތްތަކެއް ލިބުމުގެ އިތުރަށް، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމުގައި އެޅިފައިވާ ބޮޑު އެއް ހުރަސް ނެތިގެންދިއުން." މިނިސްޓަރު ވިދާޅުވިއެވެ.
ތިލަފުށީގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި، ރާއްޖެއަށް ގިނައަދަދަކަށް ތަރުކާރީއާއި މޭވާއާއި އަދި އާންމު އަސާސީ ބާވަތްތައް އެތެރެކުރާ ބައެއް އިސް ވިޔަފާރިވެރިންވެސް ބައިވެރިވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި، ވަށާޖެހޭ ޖުމްލަ ހައްލެއް ބަނދަރާއި،އަދި އެބަނދަރާއި ގުޅިފައިވާ މުޅިނިޒާމަށް ގެނައުމަކީ ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެއްމެ މުޙިއްމު އެއް ވަޢުދު އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ މިމަސައްކަތް ނޮވެމްބަރު 2027ގެ ކުރިން… https://t.co/CQHTWAbJOi pic.twitter.com/9nwhYDbmOB
— Mohamed Saeed (@em_saeed) August 12, 2026
"މިކަމުގެ ނަތީޖާއަކަށްވާނީ، ބަނދަރުން ޒަމާނީ އަދި އަވަސް ޚިދުމަތްތަކެއް ލިބުމުގެ އިތުރަށް، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމުގައި އެޅިފައިވާ ބޮޑު އެއް ހުރަސް ނެތިގެންދިއުން." މިނިސްޓަރު ވިދާޅުވިއެވެ.
ތިލަފުށީގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި، ރާއްޖެއަށް ގިނައަދަދަކަށް ތަރުކާރީއާއި މޭވާއާއި އަދި އާންމު އަސާސީ ބާވަތްތައް އެތެރެކުރާ ބައެއް އިސް ވިޔަފާރިވެރިންވެސް ބައިވެރިވިއެވެ.
ކިޔުންތެރިންގެ ހިޔާލު