މަސައްކަތުގެ މާހައުލަށް ނިކުންނަ ކޮންމެ މުވައްޒަފަކީވެސް އާއިލީ، ސިއްހީ އަދި ދަރިންގެ ތައުލީމާ ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހިތުގައި އުފެދިފައިވާނެ މީހެއް ކަމަށާއި، އެހެންކަމުން ކޮންމެ ފަރުދެއްގެ ނަފުސާނީ ހާލަތަށް ފަރުވާތެރިވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ސިވިލް ސަރވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް އަމާޒުކޮށްގެން ބާއްވާ "މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމުގެ މަހާސިންތާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަހާސިންތާއަކީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ސިވިލް ސަރވިސް ކޮމިޝަން އަދި ޑަބްލިއު.އެޗް.އޯ މޯލްޑިވްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދިވެހި ސިވިލް ސަރވިސްގައި އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުންދާއިރު، އެ ފަރާތްތަކުގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނަފުސާނީ ބަލިތަކުގެ ސަބަބުން އުފެއްދުންތެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަހަރަކު 1 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގެ ހާލަތަށް އަލިއަޅުވާލައްވަމުން އެކަމަނާ ވިދާޅުވީ، 2021 ވަނަ އަހަރުގެ ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް ކަމަށެވެ. އެހެންކަމުން، މަސައްކަތުގެ މާހައުލުގައި ހުންނަ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލައި، އެކަކު އަނެކަކަށް އިހްތިރާމްކުރާ އުފެއްދުންތެރި މާހައުލެއް ބިނާކުރުމަށް އެކަމަނާ އެދިވަޑައިގަތެވެ.
މީގެ އިތުރުން، މި މަހާސިންތާގެ ތެރެއިން އިލްމީ ދިރާސާތަކެއް އެކުލަވާލައި، ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހެދުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު