ރާއްޖޭގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސްވިޗް" ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދިނުމަށް ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މާލީ އޮނިގަނޑު ހަރުދަނާކޮށް، ގައުމީ ފެންވަރުގެ ޕޭމަންޓް ސްވިޗެއް ހިންގުމާ ބެހޭ ގާނޫނީ އުސޫލުތައް ކަނޑައެޅުމެވެ.
މި އިސްލާހުގައިވާ ގޮތުން، ގާނޫނުގެ 15 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރާ މާއްދާގެ ދަށުން، ރާއްޖޭގެ ގައުމީ ސިސްޓަމްގައި ހިމެނޭ ވަކި ޕޭމަންޓް ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސްވިޗް" ކަމަށް ކަނޑައެޅުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބޭނެއެވެ. މިއާއެކު، އޮތޯރިޓީން ކަނޑައަޅާ މާލީ މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަން ޖެހޭނީ އެ ކަނޑައަޅާ ސިސްޓަމެއް މެދުވެރިކޮށެވެ.
މި ބަދަލާއެކު، ރާއްޖޭގައި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކަކުން ވެސް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި މި ސްވިޗްގައި ބައިވެރިވުން ލާޒިމްވާނެއެވެ. ނަމަވެސް، މި ބަދަލަށް އަމަލުކުރަން ފަށާ މަރުހަލާގައި ހިދުމަތްތަކަށް ބުރޫނާރާނޭހެން އިންތިގާލީ އިންތިޒާމެއްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު އެމްއެމްއޭއިން ފަހިކޮށްދޭނެއެވެ.
ސަރުކާރުން މިހާރު އެންމެ ބޮޑަށް ބޭނުންކުރަމުން އަންނަނީ "ފަވަރަ" ސިސްޓަމެވެ. ރާއްޖޭގެ ބޭންކުތަކުގެ މެދުގައި ކުރާ މުއާމަލާތްތައް މިހާރުވެސް މި ސިސްޓަމުން ހިންގާއިރު، އިންޑިއާގެ "ޔޫޕީއައި" އާ ގުޅާލުމަށް ނިންމާފައިވަނީ ވެސް މި ސިސްޓަމްގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު