ރައްޔިތުންގެ މެދުގައި ފުލުހުންގެ ޚިދުމަތަށް އޮތް އިތުބާރު ދެމެހެއްޓުމަކީ ދައުލަތުގެ މުހިންމު ޒިންމާއެއް ކަމަށާއި، ބައެއް ނާޒުކު ހާލަތްތަކުގައި ހަގީގީ މައުލޫމާތު ހާމަކުރަންޖެހެނީ އެ ސަބަބަށްޓަކައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ، ކުޑަކުއްޖަކާ ގުޅުންހުރި ހާދިސާއެއްގައި މައުލޫމާތު ހާމަކުރަންޖެހުނު ސަބަބުތައް ތަފްސީލުކޮށްދެއްވާފައެވެ. މެންބަރު މީކާއީލް ސުވާލު ކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުއްޖާގެ ޒާތީ މައުލޫމާތު ހާމަކުރި ގާނޫނީ އިޚްތިޔާރާ ގުޅޭގޮތުންނެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، ދަނާލް ހާދިސާގައި ނިޔާވި ކުއްޖާގެ މައުލޫމާތު ހާމަކުރަން ޖެހުނީ މަޖުބޫރުވެގެންނެވެ. އެއީ އެ ހާދިސާ ހިނގައިދިޔަ ގޮތާ މެދު ފުލުހުންނަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދީ، މުޅި މުއައްސަސާގެ އަގު ހިފެހެއްޓުމުގެ މަގްސަދުގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ހަގީގީ މައުލޫމާތު ހާމަނުކޮށްފި ނަމަ އެއީ ކަމެއް ފޮރުވަން އުޅުން ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެއެވެ. އަދި ފުރިހަމަ މައުލޫމާތު ދިނުމުން އެއީ އަމިއްލަ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ އަނެއްކޮޅުން ޝަކުވާ ކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް އަލިއަޅުވާލައްވަމުން އިހުސާން ވިދާޅުވީ، އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި މިފަދަ ހާލަތްތަކުގައި މައުލޫމާތު ހާމަކުރެވޭނެ މިންވަރު ބަޔާންކުރާ ގާނޫނުތައް ހުރި ނަމަވެސް، ރާއްޖޭގައި އަދި އެފަދަ ސީދާ ގާނޫނެއް ނެތް ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް ހަގީގަތް ބުނެދިނުމަކީ ޚިދުމަތުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހާދިސާގެ ނާޖާއިޒު ފައިދާ ނަގައިގެން ބައެއް ސިޔާސީ ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ. ނަމަވެސް، އެ ހާލަތުގައި ރާއްޖޭގެ ނޫސްވެރިން އަމަލުކުރީ ވަރަށް ޒިންމާދާރުކޮށް ކަން ފާހަގަކުރައްވައި، ނޫސްވެރިންނަށް މިނިސްޓަރު ތައުރީފު ކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ކޮންމެ ކަމެއްގައި ރައްޔިތުންގެ ޒާތީ މައުލޫމާތު ހާމަނުކުރި ނަމަވެސް، ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ފަދަ ނާޒުކު ދަނޑިވަޅުތަކުގައި، ހަގީގަތް ހާމަކުރުމަކީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު