ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްއާރްއައި އަދި ސީޓީ ސްކޭނުގެ ހިދުމަތް ފުޅާކުރުމަށް ބޮޑު މަޝްރޫއެއް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، އަތޮޅުތެރޭގެ ތިން ރަށެއްގައި އަލަށް އެމްއާރްއައިގެ ހިދުމަތް އަދި ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ބާރަށް ކުރިއަށްގެންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ އަތޮޅުތެރޭގެ ތިން ހޮސްޕިޓަލަކުން އެމްއާރްއައިގެ ހިދުމަތް ލިބެމުންދެއެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ. މީގެ ތެރެއިން އުނގޫފާރުގައި މި ހިދުމަތް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވަނީ މި ސަރުކާރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މީގެ އިތުރުން އަލަށް އެމްއާރްއައިގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށްތަކަކީ ގދ. ތިނަދޫއާއި، ލ. ގަން އަދި ފުައްވަމަލަކު ސިޓީއެވެ. މި ރަށްތަކުގައި އެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސީޓީ ސްކޭނުގެ ހިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލޭ ސަރަހައްދުން ބޭރުން މިހާރު މި ހިދުމަތް ދެމުންދަނީ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯ
ރިއަލް ހޮސްޕިޓަލާއި، ފުައްވަމަލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އިތުރު ހަތް ރަށެއްގައި މި ހިދުމަތް ގާއިމުކުރުމެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ.
މި މަޝްރޫއުތަކަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ގާތުން ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު