ހެލްތު މިނިސްޓްރީން ބާއްވާ "ހެލްތު އެންޑް ފެމެލީ އެކްސްޕޯ" އަންނަ ބުރާސްފަތި ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށަން ނިންމައިފިއެވެ.
"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި އެކްސްޕޯ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.
ފާއިތުވެ ދިޔަ ދެ އަހަރުގައިވެސް މި އެކްސްޕޯއަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މާލެސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލަކާއެކު 60އަށް ވުރެ ގިނަ ސްޓޯލް މިފަހަރުގެ އެކްސްޕޯގައި ބެހެއްޓިފައި ހުންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެކްސްޕޯގައި ކުޑަކުދިންނަށް ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިން އަދި އެހެނިހެން ސިއްހީ މައުލޫމާތާއި ތަފާތު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ.
އަދި ބިދޭސިންނަށް ޚާއްސަކޮށް ޞިއްހަތާއި ގުޅޭ މުހިއްމު މައުލޫމާތު އަދި ހެލްތު ސްކްރީނިންގއާއި ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި ނަފްސަނީ ދުޅަހެޔޮ ކަމާގުޅޭ މައުލޫމާތުވެސް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު