އިންސާނީ ވަގުފާރީގެ ނުރައްކަލާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ދިނުމަށްޓަކައި، މާލޭގައި ދާއިމީ މަރުކަޒެއް ބިނާކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝްއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ފައިރޫޝް ވިދާޅުވީ، މީގެ ކުރިން ގުޅީފަޅާއި ހިންމަފުށީގައި މިފަދަ ޚިދުމަތްތައް ދޭން މަސައްކަތް ކުރި ނަމަވެސް، މާލެއާ ދުރު ސަރަހައްދުތަކުގައި އެފަދަ މަރުކަޒުތައް ހުރުމުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. ޚާއްޞަކޮށް ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ ސިއްހީ އަދި ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު މިފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެނީ މާލޭގެ ގެސްޓްހައުސްތައް ކުއްޔަށް ނަގައިގެންނެވެ. ނަމަވެސް، މިއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، މިހާރު ކުރިއަށްދަނީ މާލޭގައި ދާއިމީ ނިޒާމެއްގެ ދަށުން މި ޚިދުމަތް ދެވޭނެ އިންތިޒާމުތައް ދެނެގަތުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ބިދޭސީންނަށް ކުރިމަތިވާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކަށް އަލިއަޅުވާލައްވަމުން ފައިރޫޝް ވިދާޅުވީ، މިފަދަ ކުށްތައް ކުރާ ފަރާތްތަކަށް އަދަބު ދިނުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހޯދުމުގެ ދަތިކަމެވެ.
މިކަމުގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އަނިޔާ ލިބޭ މީހާއަށް އޭނާގެ މުސާރަ ނުވަތަ ހައްގުތައް ލިބުމުން، އިތުރަށް މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވުމެވެ. ގިނަ ބިދޭސީން ބޭނުންވަނީ މައްސަލައިގެ ތެރޭގައި ތާށިވެފައި ތިބުމުގެ ބަދަލުގައި، ވީހާވެސް އަވަހަކަށް އެނބުރާ ގައުމަށް ދާން ނުވަތަ އެ ހާލަތުން ސަލާމަތްވާން ކަމަށްވުމުން، ގާނޫނީ ފިޔަވަޅު އެޅުމަށް ބޭނުންވާ ބަޔާންތަކާއި ހެކި ހޯދުމަށް ތަންފީޒީ އިދާރާތަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާކަން ފައިރޫޝް ފާހަގަކުރެއްވިއެވެ.
މި މަރުކަޒު ގާއިމުވުމުން، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ގާނޫނީ އަދި އިންސާނީ އެހީތެރިކަން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު