މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ތިބެންޖެހޭ އަދަދަށް ވުރެ އިތުރަށް 600 މުވައްޒަފުން އެބަތިބި ކަމަށާއި، އޭގެ ސަބަބުން މަހެއްގެ މައްޗަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭކާރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމާ ގުޅޭގޮތުން އޮޑިޓަރު ޖެނެރަލް ތައްޔާރުކުރެއްވި ރިޕޯޓަށް ބަހުސް ކުރަށްވަމުން، މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިއަދު އޮތް ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް 'ރައިޓް ސައިޒް' ކުރުން ނުވަތަ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކުރުން މަޖުބޫރުވެފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު، އެ ކުންފުނީގެ އޭރުގެ ސީއީއޯ ވެސް ވަނީ ބޭނުންވާ ވަރަށް ވުރެ 600 މުވައްޒަފުން އިތުރުކަމަށް އިއުތިރާފުވެ ވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ދައްކަނީ 600 މުވައްޒަފުންގެ ވާހަކަ. އެވަރެޖުކޮށް ވިއްސަކަށް ހާސް ނުވަތަ ތިރީހަކަށް ހާސް ރުފިޔާގެ މުސާރައަށް ބަލާއިރު، މަހަކު ވިއްސަކަށް މިލިއަން ރުފިޔާ އެބަ ބޭރުވޭ. މީގެ ތެރެއިން ގިނަ މީހުންނަކީ ހަމައެކަނި ކާޑު ޖަހާލާފައި ގެއަށްދާ މީހުން،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ، ބާޒާރުގައި ރުފިޔާ ގިނަވުމުގެ ސަބަބުން ޑޮލަރުގެ އަގު 40 އިންސައްތައަށް ވުރެ ބޮޑަށް އުފުލިފައިވާ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް "ބަންޑާރަ ބާލީހަށް ކަފަ ލައްވާ ގޮތަށް" ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމަކީ އިގުތިސާދަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ 19 ވަނަ މަޖިލީހުގެ ކޮމަންޑޫ ދާއިރާއާއި މާފުށި ދާއިރާގެ ބައި އިލެކްޝަންތަކާ ދިމާކޮށް ކުންފުނިތަކަށް މުވައްޒަފުން ނެގި ގޮތެވެ.
އެއްވެސް ޖެހިލުމެއް ނެތި ކުންފުނިތަކުން ނަމަކަށް ވަޒީފާ ދިނުމަށް ފަހު މުވައްޒަފުން ގޭގައި ބައިތިއްބާނަމަ އޭގެން ދޭހަވަނީ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ޒިންމާ އަދާ ނުކުރެވޭ ކަން ކަމުގައި ނާޒިމް ވިދާޅުވިއެވެ.
"ކުންފުނިތަކަކީ ފިޓު ކުންފުނިތަކަކަށް ހަދަން އެބަޖެހޭ." ނާޒިމް ވިދާޅުވިއެވެ.
މ. އަތޮޅުގެ ރަށްރަށުގެ އިންޖީނުގެތަކުގެ ހިންގުން މިދިޔަ ޖޫން މަހު ސްޓެލްކޯއާ ހަވާލުކުރި ފަހުން، ކުރިން ތިބި ގިނަ އަދަދެއްގެ މުވައްޒަފުންނާ ނުލައިވެސް އެ ތަންތަން އޮމާންކަމާއެކު ހިންގޭކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން ނާލާފުށީ އިންޖީނުގޭގައި ތިބި 19 މުވައްޒަފުންނާއި، ވޭވަށު އިންޖީނުގޭގައި ތިބި 11 މުވައްޒަފުންނާ ނުލައިވެސް ޚިދުމަތް މެދުނުކެނޑި ދެވޭކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނާޒިމް ބަހުސްކުރެއްވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު