ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި އެ އިދާރާގެ އިދާރީ ހުރިހާ މަސައްކަތްތަކެއް މާލެއިން ހުޅުމާލެ ފޭސް 1 އަށް ބަދަލުކޮށްފިއެވެ.
ކުރިން މާލޭގެ ރޯޝަނީ ބިލްޑިންގުގައި ހިންގަމުން އައި އެޗްޕީއޭގެ ހިންގުން މިހާރު ވަނީ ހުޅުމާލެ ފޭސް 1 ގެ ވެމްކޯ ސައިޓް ކައިރީގައި އަލަށް ތަރައްޤީކުރި މަންހަޓަން ގްރޭންޑް ހޮޓެލް (ކުރީގެ އެސްޓީއޯ ހޮޓާ) އިމާރާތުގެ 2 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު އެޗްޕީއޭގެ ހުރިހާ ޚިދުމަތެއް މިހާރު ލިބެމުންދާނީ އެއް ފުރާޅެއްގެ ދަށުންނެވެ.
މިއީ އެ އިމާރާތުގައި ގާއިމުކުރާ މަލްޓި-ޔޫސް ކޮމްޕްލެކްސްގައި ޚިދުމަތް ފެށި ސަރުކާރުގެ ފުރަތަމަ އިދާރާ ކަން ފާހަގަކުރެވެއެވެ. އަދި އެ އިމާރާތަކީ "މީޑިއާ ވިލެޖް"ވެސް ހިންގުމަށް ހަމަޖެހިފައިވާ ތަނެކެވެ. އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި މި މަސް ނިމޭއިރު މީޑިއާ ވިލެޖުގެ މަސައްކަތްތައް ނިންމާލެވޭނެއެވެ.
އެ އިމާރާތުން ސަރުކާރުގެ އިދާރާތަކަށް ލިބިފައިވަނީ ޖުމްލަ 4 ފަންގިފިލާއެވެ. ބާކީ ފަންގިފިލާތަކުގައި 158 ކޮޓަރިއާއެކު ހިންގުމަށް ހަމަޖެހިފައިވަނީ 'މެންހަޓަން ގްރޭންޑް ހޮޓެލް' އެވެ.
އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ އެޗްޕީއޭއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ، ރާއްޖޭގެ އާންމު ސިއްޙަތު ރައްކާތެރިކުރުމާއި، ބަލިތައް ކޮންޓްރޯލްކުރުމުގެ އިތުރުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މައި އިދާރާއެވެ

ކިޔުންތެރިންގެ ހިޔާލު