ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ކުލަގަދަ ހަރަކާތްތައް ރޭ ޖުމްހޫރީ މައިދާނުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވާފައިވާއިރު، ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވި، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ.
ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި އިއްޒަތްތެރިންނަށް ދައުލަތުގެ އިސްވެރިން އިސްތިޤްބާލު ކުރެއްވުމަށްފަހު، ރަސްމިއްޔާތު ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވައި، 21 ބަޑީގެ ސަލާމެއް އެރުވުމާއެކުގައެވެ. އެއަށްފަހު ސިފައިންގެ ހެވިކަމުގެ ލަޝްކަރާއި، 15 ސްކޫލެއްގެ ދަރިވަރުން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުން އޮތެވެ. މީގެ އިތުރުން ސިފައިން ބޭނުންކުރާ ބައެއް އަސްކަރީ އުޅަނދުފަހަރުވެސް ވަނީ މައިދާނުގައި ދައްކާލާފައެވެ.
މިރޭގެ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ 348 ދަރިވަރަކު ވަނީ ޤައުމީ ރޫހާއި އެއްބައިވަންތަކަން ދައްކުވައިދޭ ޚާއްޞަ އައިޓަމެއް ހުށަހަޅައިދީފައެވެ. މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މައިދާނީ ހަރަކާތަކާއި "ހޭވައްލާ" ގުރޫޕުގެ ފޯރިގަދަ ޘަޤާފީ ހުށަހެޅުމެއް ފެނިގެންދިޔައިރު، މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ އުޑުމަތި ދިއްލާލި ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތުންނެވެ.
މި އިޙުތިފާލުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ބޭރު ޤައުމުތަކުގެ ސަފީރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

President Dr @MMuizzu and First Lady @sajidhaamohamed observe the official celebrations held at Republic Square to commemorate the 61st Independence Day of the Maldives.
— The President's Office (@presidencymv) July 26, 2026
The ceremony commenced with a 21-gun salute accorded to the President by @MNDF_Official, followed by a… pic.twitter.com/ogxM05BOvK
ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި އިއްޒަތްތެރިންނަށް ދައުލަތުގެ އިސްވެރިން އިސްތިޤްބާލު ކުރެއްވުމަށްފަހު، ރަސްމިއްޔާތު ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވައި، 21 ބަޑީގެ ސަލާމެއް އެރުވުމާއެކުގައެވެ. އެއަށްފަހު ސިފައިންގެ ހެވިކަމުގެ ލަޝްކަރާއި، 15 ސްކޫލެއްގެ ދަރިވަރުން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުން އޮތެވެ. މީގެ އިތުރުން ސިފައިން ބޭނުންކުރާ ބައެއް އަސްކަރީ އުޅަނދުފަހަރުވެސް ވަނީ މައިދާނުގައި ދައްކާލާފައެވެ.
މިރޭގެ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ 348 ދަރިވަރަކު ވަނީ ޤައުމީ ރޫހާއި އެއްބައިވަންތަކަން ދައްކުވައިދޭ ޚާއްޞަ އައިޓަމެއް ހުށަހަޅައިދީފައެވެ. މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މައިދާނީ ހަރަކާތަކާއި "ހޭވައްލާ" ގުރޫޕުގެ ފޯރިގަދަ ޘަޤާފީ ހުށަހެޅުމެއް ފެނިގެންދިޔައިރު، މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ އުޑުމަތި ދިއްލާލި ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތުންނެވެ.
މި އިޙުތިފާލުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ބޭރު ޤައުމުތަކުގެ ސަފީރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު