ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން، ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި ބަދަލުތައް ގެންނަން ހަމަޖެހިފައިވަނީ ރަސްމީ ޖަލްސާގެ ސެކިއުރިޓީ އާއި އިންތިޒާމުތައް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ. މި އިންތިޒާމުތަކުގެ ދަށުން، އާންމުކޮށްފައިވާ ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދު (ކަނބާ އައިސާ ރަނި ހިނގުން، މަޖީދީމަގު އަދި އިރާމާ މަގުގެ) ޕާކުކޮށްފައިވާ އުޅަނދުތައް 2026 ޖުލައި 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި 2026 ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ދެއްވާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.އަދި ޓްރެފިކް ފްލޯއަށް ގެނެވޭ މި ބަދަލުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންގެ ކިބައިން މާފަށް އެދިފައެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން، 2026 ޖުލައި 25 ވަނަ ދުވަހުގެ 14:00 ކުރިން ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެސަރަހައްދުން ނަންގަވައި ދެއްވުމަށް ދަންނަވަމެވެ. އަދި 2026… pic.twitter.com/MrwI9o4Der
— Maldives Police (@PoliceMv) July 24, 2026
އަދި 2026 ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ދެއްވާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.އަދި ޓްރެފިކް ފްލޯއަށް ގެނެވޭ މި ބަދަލުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންގެ ކިބައިން މާފަށް އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު