މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ، ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައީސް އޮފީހުން ކުރިއަށް ގެންދާ ޕޮޑްކާސްޓެއްގައެވެ.މި މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ އިތުރު ތަފްޞީލު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އަލަށް ހުޅުވޭ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިންގ ޒޯނެއް ވެސް ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގުގެ މި ބައި ހަދައި ނިމުމުން، އެކަމުގެ ފައިދާ އެ މަގު ބޭނުންކުރާ ފަރާތްތަކުގެ އިތުރުން މާލޭގެ އެތެރޭގެ މަގުތަކަށްވެސް ލިބި، ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެކަން މިހާރު ބޭނުންކުރަމުންދާ ސަރަޙައްދުގެ ޓްރެފިކް ފްލޯ އިން ސާބިތުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގައި އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަން ރައީސް ހާމަކުރެއްވިއެވެ. މިއީ އެ މަގުގައި އެންމެ ބޮޑަށް ގައުތައް މުގުރި ހަލާކުވެފައި އޮތް ސަރަޙައްދެވެ. މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދުގެ އިތުރުން ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަގު ފުޅާކުރުމަށްޓަކައި މާލޭ ފަޅުން ބައެއް ހިއްކި ނަމަވެސް، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ. އެގޮތުން މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމަށްވުމުން، އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަގުތަކަށް ގެނެވޭ މިފަދަ ބަދަލުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް، މާލޭ ސަރަޙައްދުގެ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ ޚިދުމަތްތަކާއި، ފުރުޞަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނެވިގެން ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެއީ ކަމަށްވާއިރު، އެ ދުރު ރާސްތާ ޙައްލާއެކު މާލޭގެ ތޮއްޖެހުމުގެ މައްސަލަ އޭގެ ޒާތުގައި ޙައްލުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ މާލޭ ސަރަހައްދުގައި ދިރިއުޅެމުންދާތީ، މި ހިނދުން މި ހިނދަށް ބޭނުންވާ ޙައްލުތައް ފޯރުކޮށްދެއްވުމަށްޓަކައި މަގުހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މާލޭ ސަރަޙައްދަށް އަމާޒުކޮށްގެން ބާރަށް ކުރިއަށްގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު