ޖަޕާން ސަރުކާރުގެ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް" (ޖޭ.ޑީ.އެސް) ގެ ދަށުން، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް 152 މިލިއަން ޖަޕަނީސް ޔެންގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިކަމާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ވަނީ ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުން ދިނުމަށް ނިންމާފައިވާ 152 މިލިއަން ޖަޕަނީސް ޔެން އަކީ ގާތްގަނޑަކަށް 1،020،134 އެމެރިކާ ޑޮލަރެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
މި އެހީއަކީ 2026 ވަނަ އަހަރަށް ދެއްވުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކަނޑައެޅިފައިވާ ފައިސާއެވެ. 2020 ވަނަ އަހަރުން ފެށިގެން ޖަޕާނުން ދެމުންދާ މި އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބެއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޖުތިިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒު ކުރުމުގައި ޝާމިލުވާނެ ޤާބިލު ޒުވާނުން ބިނާކުރުމެވެ. އަދި ޤައުމު އާރާސްތު ކުރުމުގެ މުހިއްމު މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރާނެ ފަންނީ މީހުން އުފެއްދުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރަކު ތައުލީމު ހާސިލްކޮށް ދަސްވެނިވެފައިވާއިރު، މިހާރުވެސް 9 ދަރިވަރަކު ދަނީ ޖަޕާނުގައި މަތީ ތައުލީމު ހާސިލް ކުރަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނާއި، ޖަޕާނުގެ އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު