އެކްސިޑެންޓުވި ބަސް
އެކްސިޑެންޓުވި ބަސް
ސްރީލަންކާގެ ހަބަރާދޫވޭ ސަރަހައްދުގައި ހުންނަ ރޭލު ދަތުރުކުރާ މަގު ހުރަސްކުރާ ތަނެއްގައި ބަހަކާއި ރޭލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު މެންދުރުފަހު ކޮގްގަލާގައި ހުންނަ މާޓިން ވިކްރަމަސިންހަ މިއުޒިއަމް ކައިރީގައި ހިނގި މި ހާދިސާގައި، 6 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ހުރިހާ ފަރާތްތަކަށް ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 3 މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެކްސިޑެންޓުވި ބަހުން ދަތުރުކުރި މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނޭކަން އަދި އެއްވެސް ދިވެހި ރައްޔިތަކަށް މި ހާދިސާގައި އަނިޔާއެއް ނުލިބޭކަން ވަނީ ކަށަވަރުވެފައެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ހޯދުމަށް ސްރީލަންކާގެ ފުލުހުން ދަނީ ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް