ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިންގުމުގެ ޚަރަދުތައް އަތްނުފޯރާ މިންވަރަށް ބޮޑުވެ، ކުންފުނީގެ އޯވަހެޑް ނުކަތާ މިންވަރަށް އިތުރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފިއްޓެ ވަނީ ވެމްކޯގެ ހިންގުމުގެ ނިޒާމަށާއި މި ސަރުކާރުގެ ކުންފުނިތަކުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ވެމްކޯގެ މާލީ ހާލަތު ދަށަށް ގޮސްފައިވަނީ ބޭނުންވާ މިންވަރަށްވުރެ އިތުރަށް ވެރިން އައްޔަންކޮށް، އިދާރީ ޚަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.
"މާލޭގައި އާއްމުކޮށް ވެމްކޯ މި އޮންނަނީ، މަސައްކަތްކުރަނީ. ކޮންމެ ކުނިކޮތަޅަކަށް ދެ ސުޕަވައިޒަރުންނާއި އެއް މެނޭޖަރަކު އެބަހުރި އިއްޒަތްތެރި ރައީސް. ދިހަ ގޭބިސީއަށް ކުނި ނަގަން މި ހުންނަނީ އެންމެ މީހެއް. ވެރިން މާ ގިނައީ،" މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މުޚާތަބުކުރައްވައި ފިއްޓެ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ ހައްގުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ފިއްޓެ ވިދާޅުވީ، މުވައްޒަފުންގެ މުސާރައިން ޕެންޝަނަށްވާ ބައި ކުންފުނިން އުނިކުރަމުން ދިޔަ ނަމަވެސް، އެ ފައިސާ ޕެންޝަން އޮފީހަށް ނުދައްކާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. މިއީ ގާނޫނާ ހިލާފު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކުނި ނައްތާލުމުގެ ގާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިއްޓެ އިތުރަށް ވިދާޅުވީ، ރަށްރަށުގައި ކުނި މެނޭޖްކުރެވޭނެ އެކަށީގެންވާ ވަސީލަތްތައް ގާއިމުނުކޮށް، މިފަދަ ގާނޫނުތައް ތަންފީޒުކުރަން އުޅުމަކީ މުޅި ރަށް ކުނިވެ، ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމެއް ކަމަށެވެ.
ފިއްޓެގެ ވާހަކަ ނިންމާލައްވަމުން ގޮވާލެއްވީ ޔުޓިލިޓީ ކުންފުނިތައް ހަރުދަނާކޮށް، ގާނޫނީ އިމުގެ ތެރެއިން ކަންކަން ތަންފީޒުކޮށްގެން ރައްޔިތުންނަށް ބޭނުންވާ ހަގީގީ ނަތީޖާ ދެއްކުމަށެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު