ލ. ގަމުގެ ލިންކްރޯޑް  / ފޮޓޯ: ޓްރެވެލްޓްރޭޑް މޯލްޑިވްސް
ލ. ގަމުގެ ލިންކްރޯޑް / ފޮޓޯ: ޓްރެވެލްޓްރޭޑް މޯލްޑިވްސް
ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އަލް ޡާނީ ސްކޫލްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ޓީޗަރަކު މަރުވެފައި އޮއްވާ މިރޭ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައ ގަމު ސްކޫލެއްގައި މަސައްކަތްކުރާ މި ބިދޭސީ މީހާ އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 19:30 ހާއިރުއެވެ. މަރުވެފައިވަނީ ސަތީޝް ނަމަކަށް ކިޔާ އުމުރުން ދުވަސްވީ ޓީޗަރެކެވެ.

ފުލުހުން ވިދާޅުވީ، އޭނާ މަރުވެފައި އޮއްވާ ފެނުނީ ފޯނަށް ޖަވާބު ނުދޭތީ ކޮޓަރިއަށް ވަދެ ބެލިބެލުމުން ކަމަށެވެ. އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި އެހެންނަމަވެސް، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު