ކުރީގެ ރައީސުންނަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ ކަނޑާލުމުގެ ބޭނުމަކީ އެބޭފުޅުން އަވަހާރަކޮށްލުން ކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، ދިވެހިރާއްޖެއަކީ ވަކި މީހެއްގެ އަމިއްލަ ހަރުމުދަލެއް ނޫން ކަމަށާއި، ދައުލަތް ހިންގަން ހަވާލުކުރުމުން ގޭގެ ކައްކާއެއް ނުވަތަ ކުޑަކުދިން އަމިއްލައަށް ކަންކަން ނިންމާ އުސޫލުން ގައުމުގެ ކަންކަން ނުނިންމޭނެ ކަމަށެވެ. އަދި ގާނޫނުން ލިބިދޭ އިނާޔަތްތަކާއި ސެކިއުރިޓީ އެގޮތަށް ކަނޑާނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބޮންޑޭ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ދައުލަތުގެ ބޮޑު ޒިންމާއެކެވެ. އަދި ރައީސް މުހައްމަދު ނަޝީދަށް މީގެ ކުރިންވެސް ނުރައްކާތެރި ހަމަލާއެއް ދީފައިވާކަން ހަނދާންކޮށްދެއްވަމުން އޭނާ ވިދާޅުވީ، މިހާރު ސެކިއުރިޓީ ކަނޑާލަނީ ކުރީގެ ރައީސް ޔާމީން ނުވަތަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާއެއް ދިނުމަށް ބަޔަކާ ގުޅިގެން ކަމުގެ ތުހުމަތު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ކަނޑައެޅިގެން ކުރީގެ ރައީސުންގެ ފުރާނައަށް ގެއްލުން ދިނުމުގެ ގޮތުން ސެކިއުރިޓީ ފުރަތަމަ ކަނޑާލައި، ކަނޑާލާ ބަޔަކާ ހަވާލުކޮށްފަ ދެން މަގުމަތިން ނުކުތީމަ އަވަސް އަރުވާލަން ރޭވުމެއް ނޫންކަމެއްވެސް ނޭނގެ. ތިން ރައީސުން އަވަހާރަކޮށްލަން މިހާރު ރާވާކަމުގެ ތުހުމަތު ކުރުމުގެ ޖާގަ އެބައޮތް."ބޮންޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ގިނަ ރައްޔިތުންގެ ލޯތްބާއި ނުރުހުންވެސް އަމާޒުވާނެ ބައެއް ކަމަށާއި، ގާނޫނުއަސާސީން ލިބިދޭ ހައްގުގެ ދަށުން އެބޭފުޅުން ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން، ކުރީގެ ރައީސުންވީތީ ގޭގައި ބަންދުވެގެން ތިއްބަވަން ނުޖެހޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ ސަބަބުން ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި ކުރީގެ ތިން ރައީސުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސެކިއުރިޓީ ކަނޑާލާ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި ބޮޑު މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ސީރިއަސްކޮށް ބަލަންޖެހޭނެ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު، އެމްއެންއެޑީއެފް އިން ދެމުންގެންދާ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވަނީ ނިންމައިފިއެވެ. މި ބަދަލު ގެނައުމަށް ކޮމިޓީން މުރާޖަޢާކޮށް ފާސްކޮށްފައިވަނީ، ކުރީގެ ރައީސުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ގުޅޭގޮތުން މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ ގޮތުންނެވެ.
މިފަދަ ނިންމުމެއް ކޮމިޓީން ފާސްކުރިއިރު، މިދިޔަ މެއި މަހުގެ ތެރޭގައި ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދުގެ އިތުރުން އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ސަރުކާރާ ދެކޮޅަށް އެކުގައި ސިޔާސީގޮތުން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު