ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއިން މި ގައުމު ސަލާމަތްކުރުމަކީ ދިވެހި ފުލުހުންނާ ހަވާލުކުރެވިފައިވާ އެންމެ މުހިންމު އަދި އެންމެ ވަރުގަދަ މިޝަން ކަމަށާއި، މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ މައްސަލައަށް ރައްޔިތުން އެދޭފަދަ ހައްލެއް ހޯދައިދެއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އިޙްސާން ވިދާޅުވީ މުޅި މުޖުތަމައުގައި ހިންގާ އޯގަނައިޒްޑް ކްރައިމް ނުވަތަ ރޭވުންތެރިކަމާއެކު ހިންގާ ބޮޑެތި ކުށްތަކަށް ފަންޑުކުރަނީ މަސްތުވާތަކެތީގެ ނޭދެވޭ ވިޔަފާރީގެ ތެރެއިންކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކީ ހައްލުކުރަން އުނދަގޫ ކަމެއް ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުން ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
"މިއަދުން ފެށިގެން ފުލުހުންގެ ސަފުތަކާ ގުޅުނު އާ ފުލުހުންނާއެކު ކުރެވޭ ބުރަ މަސައްކަތުން، ބާކީ މިއޮތް ދެ އަހަރާއި ބައިގެ ތެރޭގައި މި މައްސަލައަށް ދިވެހި ރައްޔިތުން އެދޭފަދަ ހައްލެއް މާތްﷲ ގެ އިރާދަފުޅާއެކު ހޯދައިދޭނަން،" މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ ސުލޫކާއި ގާނޫނު ތަންފީޒުކުރުމުގެ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހެއްގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެމީހުން ގެންގުޅޭ ބަޓަނާއި ޕެޕަރ ސްޕްރޭ ފަދަ ތަކެތި ނޫން ކަމަށާއި، އެންމެ ބޮޑު ހަތިޔާރަކީ ދިވެހި ރައްޔިތުން ކުރާ އިތުބާރާއި ދީފައިވާ ޔަގީންކަން ކަމަށެވެ. އެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ކިބުރުވެރިކަމެއް ނެތި ހިތްތިރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިންޓެގްރިޓީ ނުވަތަ ނަޒާހަތްތެރިކަން ކޮމްޕްރޮމައިޒްކޮށްލާ (ގެއްލުވާލާ) ދުވަހަކީ ފުލުހުންގެ ޔުނިފޯމް އެޅުމުގެ ހައްގު ގެއްލޭނެ ދުވަސްކަން ހަނދާންކޮށްދެއްވަމުން، ނަޒާހަތްތެރިކަން އެންމެ މަތީ ހަރުފަތުގައި ހިފެހެއްޓުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މީގެއިތުރުން، ގާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކަށް، ވަކި ފަންތިއަކަށް ނުވަތަ ވަކި ވަޒީފާއެއްގައި ހުންނަ މީހަކަށް ބެލުމެއް ނެތް ކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެކަން މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ. އަދި ފުލުހުން ވާންޖެހޭނީ ކުށްވެރިންނަށް އޮތް ބިރަކަށް ނަމަވެސް، އާންމު ރައްޔިތުންނަށް ހިނިތުންވުމާއެކު ހިދުމަތްދޭ މުއައްސަސާއެއްގެ ރަމްޒަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަމްރީނު ފުރިހަމަކުރި ފަރާތްތަކާ މުޚާތަބުކުރައްވައި އިޙްސާން ވިދާޅުވީ، އަސާސީ ތަމްރީނަށްފަހުވެސް އެކި ދާއިރާތަކުން ހާއްސަ ހުނަރުތަކާއި ތައުލީމީ ފުރުސަތުތައް ހޯދައިގެން ކުރިއަށް ދިއުމަކީ ކޮންމެ ފުލުހެއްގެ މައްޗަށް އޮތް ބޮޑު ވާޖިބެއް ކަމަށެވެ. އަދި އަބަދުވެސް އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
ރޭގެ މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ.
ކޮމިޝަނާސް އެކްސެލެންސް އެވޯޑް އާއި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ.
މިދިޔަ ފެބްރުއަރީ 15 ވަނަ ދުވަހު ފެށި މި ތަމްރީނު ކޯހުގައި 158 ފުލުހުން ބައިވެރިވިއެވެ. ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ޖުމްލަ 140 ފުލުހުން ރޭ ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ.

Congratulations to all 140 officers who have successfully completed the 42nd Police Initial Training Course.
— Maldives Police (@PoliceMv) July 2, 2026
Tonight marks the beginning of your journey as police officers entrusted with serving and protecting communities across the Maldives.
Special congratulations to… pic.twitter.com/1CiYo9ASSc
މީގެ އިތުރުން ފުލުހުންގެ ސުލޫކާއި ގާނޫނު ތަންފީޒުކުރުމުގެ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހެއްގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެމީހުން ގެންގުޅޭ ބަޓަނާއި ޕެޕަރ ސްޕްރޭ ފަދަ ތަކެތި ނޫން ކަމަށާއި، އެންމެ ބޮޑު ހަތިޔާރަކީ ދިވެހި ރައްޔިތުން ކުރާ އިތުބާރާއި ދީފައިވާ ޔަގީންކަން ކަމަށެވެ. އެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ކިބުރުވެރިކަމެއް ނެތި ހިތްތިރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިންޓެގްރިޓީ ނުވަތަ ނަޒާހަތްތެރިކަން ކޮމްޕްރޮމައިޒްކޮށްލާ (ގެއްލުވާލާ) ދުވަހަކީ ފުލުހުންގެ ޔުނިފޯމް އެޅުމުގެ ހައްގު ގެއްލޭނެ ދުވަސްކަން ހަނދާންކޮށްދެއްވަމުން، ނަޒާހަތްތެރިކަން އެންމެ މަތީ ހަރުފަތުގައި ހިފެހެއްޓުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މީގެއިތުރުން، ގާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކަށް، ވަކި ފަންތިއަކަށް ނުވަތަ ވަކި ވަޒީފާއެއްގައި ހުންނަ މީހަކަށް ބެލުމެއް ނެތް ކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެކަން މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ. އަދި ފުލުހުން ވާންޖެހޭނީ ކުށްވެރިންނަށް އޮތް ބިރަކަށް ނަމަވެސް، އާންމު ރައްޔިތުންނަށް ހިނިތުންވުމާއެކު ހިދުމަތްދޭ މުއައްސަސާއެއްގެ ރަމްޒަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަމްރީނު ފުރިހަމަކުރި ފަރާތްތަކާ މުޚާތަބުކުރައްވައި އިޙްސާން ވިދާޅުވީ، އަސާސީ ތަމްރީނަށްފަހުވެސް އެކި ދާއިރާތަކުން ހާއްސަ ހުނަރުތަކާއި ތައުލީމީ ފުރުސަތުތައް ހޯދައިގެން ކުރިއަށް ދިއުމަކީ ކޮންމެ ފުލުހެއްގެ މައްޗަށް އޮތް ބޮޑު ވާޖިބެއް ކަމަށެވެ. އަދި އަބަދުވެސް އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
ރޭގެ މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ.
ކޮމިޝަނާސް އެކްސެލެންސް އެވޯޑް އާއި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ.
މިދިޔަ ފެބްރުއަރީ 15 ވަނަ ދުވަހު ފެށި މި ތަމްރީނު ކޯހުގައި 158 ފުލުހުން ބައިވެރިވިއެވެ. ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ޖުމްލަ 140 ފުލުހުން ރޭ ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު