އެމްޑީޕީގެ ސަރުކާރުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށާއި، އެތަން ބޭނުންނުކޮށް ބޭއްވުމަކީ އުތުރުގެ ތަރައްގީއަށް މި ސަރުކާރުން އަޅާ ހުރަހެއް ކަމަށް ކުރީގެ އިގުތިސާދީ ވަޒީރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓަކީ ދުރު މަންޒިލްތަކުން ދަތުރުކުރާ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ، އެއާޕޯޓުގެ ރަންވޭ ފަރުމާކޮށްފައިވަނީ އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ ގޮތަށް ކަމަށެވެ. މިއީ އިންޑިއާ، ލަންކާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުން ސީދާ ދަތުރުތައް ކުރެވޭނެ ބޯޓުތަކެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ޔޫރަޕާއި ޗައިނާ ފަދަ މަންޒިލްތަކުން އަންނަ ފަތުރުވެރިންނަށް ވެސް މި ގައުމުތަކުގެ އެއާޕޯޓުތައް މެދުވެރިކޮށް ކަނެކްޓިން ފްލައިޓުތަކުގައި ހަނިމާދޫއަށް ދަތުރުކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައި. މިވަގުތު ޑިމާންޑު އެވަރަށް ނެތުމުން ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެ." ފައްޔާޒް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޑިމާންޑު އިތުރުވެއްޖެނަމަ، ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން ވެސް މިހާރު އޮތީ ކަނޑައަޅާފައި ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، މި މަޝްރޫއު ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓުމަންޓުތަކުގެ އަގު ވަނީ އުފުލިފައި ކަމަށެވެ. އެހެންކަމުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސްގެ އިތުރުން ރިއަލް އެސްޓޭޓް ދާއިރާ ފުޅާކުރުމަށްޓަކައި އެ އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓުތައް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އަލަށް އެޅި 2.46 ކިލޯމީޓަރުގެ ރަންވޭއާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު