ހުޅުމާލެ ފޭސް 1 ގެ 110 ވަނަ ފުލެޓުގެ ގްރައުންޑް ފްލޯ އެޕާޓްމަންޓެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ ދަންވަރު 01:10 ހާއިރު ލިބުމާއެކު، މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެެވެ. އަދި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އެޕާޓްމަންޓުގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ 01:23 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 2 ކުޑަކުދިންނާއި 3 ބޮޑެތި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާ ހިނގިއިރު އެ ގޭގައި ދިރިއުޅެމުން ދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނު ކަމަށެވެ. އެ އެޕާޓްމަންޓުގައި 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާއި 18 އަހަރުން މަތީގެ ފަސް މީހަކު ދިރިއުޅޭ ކަމަށާއި އެތަނުން އެކެއްގެ އަތާއި ފައިގެ 12 ޕަސެންޓް މި ހާދިސާގައި ފިހުނު ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.
އިމާރާތުގެ އެންމެ ތިރީގައި ހުންނަ މި އެޕާޓްމަންޓް ވަނީ މި ހާދިސާގެ ސަބަބުން އެތަނުގައި ނޫޅެވޭ ވަރަށް އަނދައި ހުލިވެފައެވެ.
އެންޑީއެމްއޭ އިން ބުނީ އަލިފާނުގެ ހާދިސާގައި ވަނީ އިމާރާތުގެ 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއްގައި ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ އިތުރު އަށް މީހަކަށް ރޭ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިން ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިން މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ ހަ މީހަކާ 4 އަހަރުގެ ދެ ކުއްޖެކެވެ.

ARG
ކިޔުންތެރިންގެ ހިޔާލު