މިހާރުގެ ސަރުކާރުން ގެންގުޅެމުންދާ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރާއްޖެއަށް އިންވެސްޓް ކުރާނެ ބަޔަކު ނުލިބިގެން އުޅެނީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ ކަންކަމުގައި ގެންގުޅެނީ ވަރަށް "ދެކޮޅު ނުޖެހޭ، އަންޒަމާނު ކަރައިގެ" ސިޔާސަތުތަކެއް ކަމަށެވެ. އަދި އިންވެސްޓްމަންޓްތަކުގެ ބިޑް ކުރުމާއި، ހުރިހާ ކަމެއް ސަރުކާރުގެ މުށުތެރެއަށްލައިގެން އުޅުމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މި ސިޔާސަތުގެ ސަބަބުން ބޭރު ދުނިޔޭގެ އިންވެސްޓަރުންގެ މެދުގައި އޮތް 'އިންވެސްޓަރ ކޮންފިޑެންސް' (އިތުބާރު) ވަރަށް ބޮޑަށް ގެއްލިގެންދާ މަންޒަރު މިފެންނަނީ. ބިޑް ކޮށްގެން އިންވެސްޓް ކުރަން މިހާރު އެއްވެސް ބަޔަކު ކުރިމައްޗެއް ނުލާނެ،" ޑރ. ޑީޑީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި ބިޑްކޮށްގެން ނަގާފައި ހުރި ތަންތަނަށްވެސް، މި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ބޭރުގެ އިންވެސްޓަރުން ހޯދަން އުޅެއުޅެ ނުލިބިގެން އުޅޭ ކަމަށެވެ. އަދި ސަރުކާރަށް ތިން އަހަރުވެގެން ދާއިރުވެސް ރާއްޖެއަށް އިންވެސްޓް ކުރާނެ ބަޔަކު ނުލިބި، ގައުމަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ބޮޑުވަމުންދަނީ މި ސަބަބާ ހުރެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް އަލިއަޅުއްވާލައްވަމުން ޑރ. ޑީޑީ ވިދާޅުވީ، ރާއްޖެއަށް ޑޮލަރު ލިބެނީ ހަމައެކަނި ފަތުރުވެރިކަމުން އެކަނި ނޫން ކަމަށާއި، ބޭރުގެ އެކި އިންވެސްޓްމަންޓްތަކުންވެސް ގިނަ އަދަދަކަށް ޑޮލަރު ވަންނަމުންދިޔަ ކަމަށެވެ. ދެ އަހަރުގެ ކޮވިޑްގެ ބަލިމަޑުކަމަށްފަހުވެސް، އެންމެ ބޮޑުވެގެންވެސް ޑޮލަރެއް ލިބެނީ 17 ރުފިޔާއަށް ކަމަށާއި، އޭރު ވަރަށް ފަސޭހަކަމާއެކު ޑޮލަރު ލިބެން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.އޭރު ބާޒާރުން ބޭނުން ވަރަކަށް ތެޔޮ ގަނެވެން ހުރި ނަމަވެސް، މިއަދު އެއްވެސް ބަޔަކަށް މިނިވަންކަމާއެކު ތެލުގެ ވިޔަފާރި ނުކުރެވޭ ކަމަށް ޑީޑީ ވިދާޅުވިއެވެ.އާންމު ރައްޔިތުން ތިބީ ނިކަމެތި ހާލެއްގައި
ޑރ. ޑީޑީ ވިދާޅުވި ގޮތުގައި، މިހާރު ތެލުގެ ވިޔަފާރި ކުރުމަށް ސަރުކާރުން ކޮންމެ ދުވަހަކު ވަކި ބަޖެޓެއް (ލިމިޓެއް) ކަނޑައަޅާފައި އޮވެއެވެ. ނަމަވެސް އެއީ ކިހާ ވަރެއްކަމެއް އަދި އެ ވިޔަފާރި ކުރެވޭނެ ވަގުތުތަކަކީ ކޮބައިކަމެއްވެސް އެނގޭނެ އެއްވެސް ގޮތެއް ރައްޔިތުންނަށް ނެތެވެ.
މި ހުރިހާ ކަމެއްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ރައްޔިތުން އުޅެމުންދަނީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި، ސަރުކާރާ މެދު އޮތް ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވަމުންދާ ކަމަށް ވިދާޅުވެ، ޑރ. ޑީޑީ ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު